ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއްގޮތަކަށްވެސް ދިވެހިބަސް ނުދަންނަ އިންޑިޔާ ޓީޗަރެއް ދިވެހިން ހައިރާންކޮށްލައިފި

މި ހިއްސާކޮށްލަނީ ވީޑިއޯ ލަވައެކެވެ. ރަނގަޅަށް ވޮލިއުމް ބާރުކޮށްލުމަށްފަހު ހެޑްސެޓެއް އަޅައިގެން މި ލަވަ ޕްލޭކޮށްލައި ލަވަ އަޑުއަހައިލާށެވެ. ގައިގެ އެންމެ ހިމަ ލޯލިތައްވެސް ކޮޅަށް ޖެހިގެންދާނެކަމުގެ ޔަޤީންކަން ދެމެވެ.

މިއީ ބިދޭސީ ޓީޗަރެއް ކިޔާފައިވާ ދިވެހި ލަވައެކެވެ. ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަދި ޅެންވެރިޔާ ޢީޝާ ޝަރީފުގެ ‘ޢީސާ އޮންލައިން ޕޮއެޓްރީ’ގެ އުފެއްދުމެކެވެ. ޢީސާ ޝަރީފު ޝާއިރީ ބަގީޗާގެ އުލްފަތުގެ ގުލްޝަނުން އުފަންކޮށްފައިވާ ހިތްގައިމު ލޯބީގެ ޅެމެކެވެ. ޅެމަށް ފުރިހަމަ ދިރުމެއް ގެނެސްދީފައިވަނީ ބިދޭސީއެއްގެ ހިތްގައިމު އަޑުންނެވެ. ތ. ހިރިލަންދޫ ސްކޫލުގައި އިނގިރޭސި ބަސް ކިޔަވައިދިނުމުގައި 2019އިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އިންޑިޔާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަބްދުލް ރައްޒާޤް އެވެ.

‘ލަވަފޮށި’ އެޕްލިކޭޝަންގައި ރިލީޒްކޮށްފައިވާ ‘ބަލަބަލާ ހުއްޓާއޭ’ އަލްބަމްގައި ހިމެނޭ ‘މާޒީގެ ބިތްދޮށް’ ލަވައިގެ ލިރިކްސް ލިޔެފައި ރައްޒާޤް އަށް ހަވާާލުކުރިތާ އެންމެ ދެ ދުވަސް ތެރޭގައި ލަވައިގެ ރެކޯޑިން ހަދައިލެވުނު ކަމީ ހަމަ ގައިމުވެސް ރައްޒާޤްގެ ލަވަކިޔުމުގެ ހުނަރުވެރިކަން ހުރި މިންވަރު ސާބިތުކޮށްދޭން އިތުރު އެއްވެސް ކަމެއް ބޭނުންނުވާ ވަރުގެ ކަމެކެވެ. މި ފުރުޞަތަކީ ޚުދު ރައްޒާޤްގެ އިސްނެގުމުގެ ސަބަބުން ލިބިގެންދިޔަ ފުރުޞަތެއް ކަމަށް ލަވައިގެ ރެކޯޑިން އަދި މިކްސިން ހެދުމުގައި އިސްވެ ހަރަކާތްތެރިވި ޢީސާ ޝަރީފު ބުންޏެވެ.

“އީއޯޕީގައި މަސައްކަތްކުރަމުން އަންނަ ހާމިދު ގެ އަންހެނުން މަސައްކަތްކުރަނީ ހިރިލަންދޫ ސްކޫލުގަ. ހާމިދު ލަވަކިޔައި އުޅޭކަން ރައްޒާގަށް އެނގޭތީ ހާމިދުގެ އަންހެނުން ގާތުގައި ބުނެގެން އެދުނީ ޗާންސެއް ލިބިދާނެހޭ. ދެން ހާމިދު އަޅުގަނޑު ގާާތުގައި ބުނީމަ ރައްޒާޤް އަށް ގުޅައިގެން ސްޓޫޑިއޯއަށް ގެނައީ. ގެނެސް ޓެސްޓްކޮށްލި އިރު ވަރަށް ޕްރޯ އޭނާގެ ކިޔުން. އެކަމަަކު އޭނާއަށް އެއްގޮތަކަށް ވެސް ދިވެހި ބަހެއް ނޭނގޭ. އެހެންވެ އޭނާއަށް ލަވައިގެ ބަސްތައް ޕްރޮނައުންސްކުރާނެ ގޮތް ވަރަށް ވަރުގަދައަށް ދަސްކޮށްދިނިން.”

ރައްޒާޤް އަށް ފުރުޞަތު ލިބުނުގޮތާ އޭނާ އަށް ތަމްރީނު ދިން ގޮތް ހިއްސާކުރަމުން މުނިއަވަސް އަށް އީސާ ބުންޏެވެ.

ތ. ހިރިލަންދޫ ސްކޫލްގެ އިނގިރޭސި ޓީޗަރު ޢަބްދުލް ރައްޒާޤް

މިހާ ސަޅި ލަވައެއް ދިވެހިންނަށް ހަދިޔާކޮށްފައިވާ ޢަބްދުލް ރައްޒާޤްގެ ބަހެއް ވެސް މި ފުރުޞަތުގައި ހޯދައިލުން މުހިންމުކަމަށް ދެކެމެވެ.

“އީސަގެ ފަރާތުން އަހަންނަށް ވަރަށް ގާތްކަމާ އޯގާތެރިކަން ލިބިގެންދިޔަ. ބޭޭބެއެއް ގޮތަށް އަހަންނަށް އޭނާ އެހީވެދިން ގޮތާމެދު އަހަަރެން ވަރަށް ހިތްހަމަޖެހި އުފާވި. އީސަ އާއި ވަރަށް ގާތް ގުޅުމެއް އުފެދިގެންދިޔަ ކަަމުގެ އިހްސާސް ކުރެވުނު.

މިއީ އަހަރެން މިފަދަ ރެކޯޑިންއެއް ހެދި ފުރަތަމަ ތަޖުރިބާ ނަމަވެސް، ލަވަ ކިޔުމުގަ އަހަންނަށް އެއްވެސް ބީރައްޓެހިކަމެއް އިހުސާސެއް ނުކުރެވޭ. އޭގެ ސަބަބަކީ އީސަގެ ފަރާތުން އަހަންނަށް ލިބިގެންދިޔަ ގާތްކަމާ އޯގާތެރިކަން.

ދިވެހި ބަހަކީ އަހަންނަށް އެނގޭ ބަހަކަށް ނުވާތީ، ބަަސްތައް ޕްރޮނައުންސްކުރަންވީ ގޮތްތައްް އޭނާ (އީސާ) އަހަންނަށް ކިޔައިދީ އޮޅުންފިލުވައިދީ ވަރަށް ގާތްކޮށް، ރަހުމަތްތެރިކޮށް، ވަރަށް ފަސޭހައިން އެނގޭ ގޮތަށް.

މި ފުރުސަތު ދެއްވީތީ އަހަރެން ވަރަށް އުފަލާއެކު ޝުކުރުވެރިވަން، މިއީ އަހަންނަށް ލިބުނު ވަރަށް ބަޮޑު ނަސީބެއް ކަމަށް ދެކެން. ޝުކުރިއްޔާ.”

ޢަބްދުލް ރައްޒާޤްގެ އިހްސާސްތައް މުނިއަވަސް އާ ހިއްސާކުރަމުން ބުންޏެވެ.

މިވެސް ކިޔާލަން:  މަޝްހޫރު ފިލްމީތަރި ފައުޒިއްޔާ ނިޔާވެއްޖެ

ޢަބްދުލް ރައްޒާޤްގެ ‘މާޒީގެ ބިތްދޮށް’ ކަމުދިޔަ އެހުންތެރިންނަށް އޭނާގެ އެހެން ލަވައެއް ‘އީއޯޕީ’ގެ ފަރާތުން ވަރަށް އަވަހަށް، ގެނެސްދޭނެ އެވެ. ގައިން ހީބިހި ނަގަން ތައްޔާރަށް ތިބެމާ ހިނގާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Someone6 އަހަރު ކުރިން

Hama vv salhiyeh bunelaanyy

Farumaa6 އަހަރު ކުރިން

Thi kiyaa ehcheh meehakah saafuvaa gothah liyebala🙏

ޫއޭނާ6 އަހަރު ކުރިން

Reethi varah

Jameela6 އަހަރު ކުރިން

Its a great attempt. But I don’t think this is something to make headlines. Maldivians s sing Hindhi songs without knowing a single Hindhi word. How amazing is that

naian6 އަހަރު ކުރިން

thiya ee thi kudhin na n aa kamaka viyas dhai tha me na aa kame noon emme 10 varaka dhu vaha male ais thibi mee hun ves vanee vara reethi koh dhivehi lava tha kiyaa fa scope kaanivala genai lava kiyun therin e ee mee ge 30aka aharu kuri

Ali6 އަހަރު ކުރިން

އެންމެ ހީބިއްސެއްވެސް ނުނެގި ކަމުދާ ލަވައެއް ނޫން

Home
Menu
Search
Back to top