ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުލަށް، ކުޅަނދުރެއް ކަށިޖަހާފައި ހުއްޓާ ދުށިންތަ؟ – ވީޑިއޯ

ހުޅަނގު އެމެރިކާގެ ޔޫޓާ އަށް ނިސްބަތްވާ މީހަކު ބާގާއެއް ކަނިކޮށް، ބާގާ ތެރޭގައި އޮތް ކުޅަނދުރެއް، އެމީހާގެ ދުލަށް ކަށިޖަހައިފިއެވެ. ކުޅަނދުރު ހެފުމުގެ ސަބަބުން އެމީހާގެ ދޫ އެއްކޮށް ވަނީ ދުޅަވެ ބަޑިއަރާފައެވެ.

އުމުރުން 20 އަހަރުގެ ކޯބޭ ފްރީމަން ހޭމްބާގާއެއް ހަދަން އުޅެފައި ފާޚާނާއަކަށް ދާން ޖެހިގެން ދިޔައެވެ. ފާޚާނާއަށް ދާން ދިޔައިރު، އެހިސާބުގައި ކުޅަނދުރެއް އުޅޭތަން ފެނުނު ނަމަވެސް އެކަމާ އަޅައިނުލާ އޭނާ ދިޔައީ ފާޚާނާ އަށެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އެ ކުޅަނދުރު ވެސް ބާާގާ ކާހިތްވީ ކަމަށްވެސް ވެދާނެއެވެ. ކޯބޭ ފާޚާނާއިން ނުކުމެ ބާގާ ކާން ފެށިތަނުން، ބާގާ ތެރޭގައި އޮތް ކުޅަނދުރުގެ ތޫނު ކަށީގެ ހަމަލާއެއް ދިނީ ކޯބޭގެ ދުލަށެވެ. އޭނާގެ ދޫ އެއްކޮށް ދުޅަވެ ބަޑިއަރާފައި ހުރެ ނަގާާފައިވާ ވީޑިއޯއެއް ޓިކްޓޮކްގައި ވަނީ އާއްމުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top