ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސައިނާ”ގެ ފަސްޓްލުކް ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު “ސައިނާ”ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

ފަސްޓްލުކުން ފެނިގެންދާ ފިލްމުގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ބުނީ މި ފިލްމުގައި އެންމެ ފުރިހަމައަށް ސައިނާ’ގެ ކެރެކްޓަރ ގެނެސްދެވޭތޯ ބުރަ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ޕަރީނީތީ ބެޑްމިންޓަން ކުޅެން ފަރިތަކޮށްފައި ވެއެވެ.

ފިލްމާ ގުޅޭގޮތުން ޕަރިނީތީ ބުނީ ކުޅިވަރު ސަޚްސިއްޔަތެއް ދައްކުވައިދޭ ފިލްމެއް ކުޅެން އޭނާ ވަރަށް ބޭނުންވެފައި ހުރި ކަމަށާއި، ބެޑްމިންޓަން ކުޅެން ދަސްކޮށް، ސައިނާގެ ކާމިޔާބީ އެންމެނަށް ގެނެސްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.

 

View this post on Instagram

 

A post shared by SAINA NEHWAL (@nehwalsaina) on

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top