މިމަހުގެ 11 އިން 14 އަށް (މިއަދުގެ ނިޔަލަށް) ޗައިނާގައި ކުރިޔަށްދާ “ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް” ޕްރޮގްރާމްގައި އައިމިނަތު ސައިނާގެ އެންމެ ފުރިހަމަ ހުނަރު ދައްކާލާ ރާއްޖެއަށް ފަހުރުވެރި ދެވަނަ ހޯދައިދީފި އެވެ.
ދިވެހިރާއްޖެ ތަމްސީލުކޮށްދިނުމަށް ދައުވަތު ލިބުނު ސައިނާ ވަނީ އޭނާގެ އެންމެ ފުރިހަމަ ހުނަރު ދައްކާލައި ޗައިނާއިން ވެސް އޭނާއަށް ޙައްޤުވާ ތައުރީފު ހޯދާފަ އެވެ. “ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް” ޕްރޮގްރާމްގައި ޖުމްލަ 27 ގައުމަކުން ބައިވެރިވިއެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ކެޓެގެރީތަކަކަށް ބަަހާލައިގެންނެވެ. އެގޮތުން މިއުޒިކްގެ ކެޓެގެރީ މުބާރާތެއް ގޮތަށް ކުރިޔަށް ގެންދިޔަ އިރު ދެވަނަ ލިބިފައިވަނީ ދިވެހިރާއްޖެ ތަމްސީލުކޮށް، ސައިނާ ހުށަހަޅައިދިން ހުށަހެޅުމަށެވެ. ސައިނާ އަށް ވަނީ އެމީހުންގެ އެވޯޑިން ރަސްމިއްޔާތުގައި ލަވަ ހުށަހަޅައިދިން ފަސް ބައިވެރިންގެ ތެރޭގައި ވެސް ހިމެނި، ލަވައެއް ކިޔާފައެވެ.
ސައިނާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!