ބޮލީވުޑްގެ ސުޕަރސްޓަރ އާމިރުޚާންގެ މިހާރު ތައްޔާރު ކުރަމުންދާ ފިލްމު “ލާލް ސިންގް ޗައްޑާ” ގައި މުހިންމު ފެނިލުމަކުން ޝާހްރުކް ޚާން ފެނިގެންދާނެކަން މިހާރު މިވަނީ އެނގިފައެވެ. އެ ފިލްމުގައި ޝާހް ކުޅޭ ބައި ޑައިރެކްޓްކުރަނީ ވެސް ޚުދު، އާމިރުޚާން އެވެ.
މިއީ އާމިރާއި ޝާހްރުކް އެކުގައި ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމު ވެގެން ދާނީ ދެ އެކްޓަރުންނަށް ވެސް އަދި އެމީހުންގެ ފޭނުންނަށް ވެސް ވަރަށް ޚާއްސަ ފިލްމަކަށެވެ.
އަންނަ ޑިސެމްބަރު ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ލީޑް ކުޅެނީ އާމިރްޚާން އާއި ކަރީނާ ކަޕޫރެވެ. ކަރީނާ ކުޅެން ޖެހޭ ބައި މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ފުރިހަމަ ކޮށްފަ އެވެ.
ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން “ފޮރެސްޓް ގަމްޕް”ގެ ހިންދީ ރީމޭކް “ލާލް ސިންގް ޗައްޑާ” އަކީ އާމިރު އާއި ކަރީނާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ.
https://www.youtube.com/watch?v=MszHrWfXFQ8
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި