މިމަހު 16 ގައި ސްޓާ ޕްލަސް އިން ދައްކަން ފަށާ ސީރީޒް “އިމްލީ” އަކީ ދިވެހިންނަށް ވަރަށް ކަމުދާނެ ސީރީޒަކަށް ވާނެކަމަށް ޤަބޫލުކުރެވެއެވެ.
“އިމްލީ” އަކީ ރަށްފުށުގެ ދިރިއުޅުމަށް ލޯބިކުރާ ވަރަށް އާދައިގެ ނިކަމެތި އާއިލާއެއްގެ އަންހެން ކުއްޖެކެވެ. މި ސީރީޒްގައި ކިޔައިދޭނީ ދަތުރުވަރެއްގައި ރަށްފުށަށް ދާ ޒުވާނަކާއި “އިމްލީ” އާ ދެމެދު ހިނގާ ކަންތައްތަކެއްގެ ސަބަބުން އެ ދެ މީހުންނަށް ކައިވެނިކުރަން މަޖުބޫރުވެ، ބީރައްޓެހި މާހައުލަކަށް އިމްލީ ހިޖުރަކުރާ ފަހުން އެނގެނީ ފިރިމީހާ އެހެން ކައިވެންޏެއް ކޮށްގެން އުޅޭ ކަމެވެ. އެކަމުގެ ސަބަބުން އިމްލީ އަށް ދިމާވާ އަސަރު ގަދަ ހާދިސާތަކެއް މި ސީރީޒްގައި ކިޔައިދޭނެ އެވެ.
https://www.youtube.com/watch?v=3Xmpk10OVug
ބެންގޯލީ ސީރީޒެއްގެ ރީމޭކް “އިމްލީ” އަކީ މަޝްހޫރު ޓީވީ ޝޯވތައް ކަމަށްވާ “އިޝްޤްބާޒް” އާއި “ކުލްފީ ކުމާރް ބަޖެވާލާ” ޕްރޮޑިއުސްކުރި ގުލް ޚާންގެ ‘ފޯރ ލަޔަންސް’ އިން އުފައްދާ ސީރީޒެކެވެ.
ސީރީޒްގެ ލީޑްގައި އުޅެނީ ސުމްބުލް ތޯކީރް އާއި ގަޝްމީރް މަހަންޖާނީ އެވެ. ގަޝްމީރް އަކީ ނޫސްވެރިއެކެވެ. އޭނާ ދެކޭގޮތުން ރަށްފުށުގެ އެންމެންނަކީ ލިޔަންކިޔަން ނުދަންނަ ގަމާރުންނެވެ.
https://www.youtube.com/watch?v=zHuYR95l770
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާ މި ސީރީޒް ކޮންމެ ހަފުތާއެއްގެ ހޯމަ ރެއިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް އަންނާނެއެވެ. “އިމްލީ”ގެ އެޕިސޯޑްތައް ދައްކާނީ ރާއްޖޭ ގަޑިން 0800 ގައެވެ.
