ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަކުލް ޕްރީތު ވެސް ރާއްޖޭގައި

ބޮލީވުޑް ފަަންނާނުންގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވެފައިވައިވާ މި ދުވަސްވަރު، ރަކުލް ޕްރީތު ސިންހް ވެސް ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ދެއެވެ.

މިއަދު ހެނދުނު ރަކުލް ޕްރީތުގެ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމްގެ އިތުރުން ފޭސްބުކްގައި ހިއްސާކޮށްފައި ވެއެވެ. އުމުރުން 30 އަހަރުގެ ރަކުލްރާއްޖެ އައީ އޭނާގެ އާއިލާއާއެކު މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރަކުލްއާއި އޭނާގެ އާއިލާޗުއްޓީ ހޭދަކުރަމުންދަނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާގައެވެ.

2014ގައި ރިލީޒްކުރި ފިލްމު “ޔާރިޔާން” އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ރަކުލް އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު “މަރްޖާވާން” އިންނެވެ.

ރަކުލް އަކީ ބައެއް ތަމަޅަ ފިލްމުތަކުންވެސް ފެންނަ މަޤްބޫލު ތަރިއެކެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top