ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނޭނގި ހުއްޓާ” – ހެޕަޓައިޓިސްއަށް ހޭލުންތެރިކުރުވުމަށް!

ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުން އަންނަ ގިނަގުނަ މަސައްކަތްތަކުގެ ދަށުން، “ނޭނގި ހުއްޓާ”ގެ ނަމުގައި ހެޕަޓައިޓިސްއަށް ހޭލުންތެރިކުރުވުމަށް ޚާއްޞަ ވީޑިއޯ ލަވައެއް މިރޭ ނެރެފިއެވެ. މި ލަވަ ކިޔާފައިވަނީ ހެޕަޓައިޓިސް ގުޑްވިލް އެމްބެސެޑަރ ރާޅު މަރިޔަނބު ނުވަތަ މަރިޔަމް މައީޝާ (މައި) އެވެ.

“ނޭނގި ހުއްޓާ” ވީޑިއޯ ލަވައިގައި ހެޕަޓައިޓިސް ޖެހުމަށް ހުށައެޅޭ ކަންތައްތަކާއި އެ ބަލި ޖެހުމުން ދިރިއުޅުމަށް އަންނަ ބަދަލުތައް ދައްކާފައިވެއެވެ.

މި ލަވަ ކިޔުމުގެ އިތުރުން ލަވައިގެ ޅެން ހެދީވެސް މޯލްޑިވިއަލް އައިޑަލްގެ ތިން ވަނަ ސީޒަން އިން ވިދާލި ޒުވާން ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ އެވެ.

އާރތު ޑޭ ނެޓްވޯކުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރަކީވެސް ޒުވާން ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top