މި ދުވަސްވަރަކީ ރާއްޖެއަށް ބޮލީވުޑްގެ ތަރިން ‘ހަބޭހަށް’ އަންނަ ދުވަސްވަރެކޭ ވެސް ބުނެވިދާނެއެވެ. މިކަމާ ގުޅިގެން އިންޑިޔާގައި ހޫނު ބަހުސެއް ފެށިފައިވާއިރު، ބޮލީވުޑްގެ ތަރިން ރާއްޖެއަށް އަންނަ އަސްލު ސަބަބު ކަމަށް ބުނެ ފިލްމީ ޚަބަރު ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ވަރުގަދަ ތުހުމަތެއް ކޮށްފިއެވެ.
އިންޑިއާގެ ތަރިން ރާއްޖެ އައިސް ނަގާ ފޮޓޯތައް ހިއްސާކުރަމުން އަންނާތީ އިންޑިޔާގެ ނޫސްވެރިޔާ ބަރްކާ ދައްތާ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ކަން މިހެން އޮތް އިރު، ބޮލީވުޑްގެ ޒުވާން މަޝްހޫރު އެކްޓަރެއް، ރާއްޖެއަށް ބޮލީވުޑްގެ ތަރިން އަންނާތީ ޖޯކް ޖަހަމުން މިވަނީ ‘ގޯނިން ބޭރަށް ބުޅާ ނެރެފަ’ އެވެ.
“އެކަމަކު އެމީހުން (ރާއްޖެ އަންނަ ފަންނާނުން) ރާއްޖެ އައިސް އުޅޭގޮތް ފޮޓޯ ނަގާފައި ޕޯސްޓްކުރަން ޖެހޭ. އެއީ ހަދާފައިވާ ޑީލްގެ ބައެއް.” ބޮލީވުޑް ހަންގާމާގެ ނޫސްވެރިޔާ ސުބާޝް ކޭ ޖާހާ ކައިރީ އެކްޓަރެއް ބުނިކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
“ކޮން ޑީލެއް؟” ޝައުޤުވެރިކަމާއެކު ސުބާޝް ކޭ ޖާހާ އަހައިލިއެވެ.
“ރާއްޖޭގައި ޗުއްޓީހޭދަކުރުމަށް އޮންނަ ޕެކޭޖް ޑީލް. ތަރިން، ދިވެހިރާއްޖެއަށް ދިއުމަށް ލަވަމުން ގެންދަނީ ހިލޭ ޗުއްޓީ ހޭދަކޮށްލެވޭ އެ ޕެކޭޖާއެކު، ޝަރުތަކީ އެމީހުން ރާާއްޖޭގައި ކުރާ ތަޖުރިބާތަކުގެ ފޮޓޯތައް އާއްމުކުރުން.” އެކްޓަރާ ހަވާލާދީ ބޮލީވުޑް ހަންގާމާގައި ލިޔެފައިވެއެވެ.
އެ އެކްޓަރު އިތުރަށް ބުނީ، އެ ހުށައެޅުން އޭނާއަށް ވެސް ލިބުނު ކަމަށާ ނަމަވެސް އެއަށް ދެކޮޅުހެދީ މުޅި ދުނިޔެއަށް އާލަމީ ވަބާއެއް ފެތުރިފައިވާ މި ދުވަސްވަރު އެކަހަލަ ހުށައެޅުމެއް ޤަބޫލުކޮށް ޗުއްޓީހޭދަކޮށްލުމަކީ ކުޑަކޮށް ހަޔާތްކުޑަ ކަމެއް ކަމަށް އޭނާއަށް ޤަބޫލުކުރެވޭޭތީ ކަމަށެވެ.
*******
* ލަވަމުން ގެންދިއުން – ގެރިބަކަރި ނުވަތަ ދޫނީ ސޫފާސޫފި ނުވަތަ ފަޅުމަތީގައި އުޅޭ މަސް ވަކިތަނަކަށް ވަކި ދިމާއަކަށް ގެންދިއުން
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 3 މެއި 2024ޚަބަރު“ބަވަތި” ވީޑިއޯކްލަބުން މިހާރު ބަލައިލެވޭނެ
- 30 އޭޕްރިލް 2024ރިޕޯޓްވޯލްނަޓް ކާންވީ ކީއްވެ؟
- 30 އޭޕްރިލް 2024ޚަބަރުއެމްއެފްއޭގެ ޗެއަރޕާރސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
- 21 އޭޕްރިލް 2024ޚަބަރުޝޫޓިން ފެށުމަށް ފަހު 45 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ – ނަހޫ
Thee bodu dhogeh feke eh gabool eh nukureveyne🙄🙄