މިދިޔަ މަހު 27ގައި ނެޓްފްލިކްސް އިން ދައްކަން ފެށި ކަރަން ޖޯހަރުގެ “ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް”ގެ ސީޒަން ދެއަކުން ބޮލީވުޑްގެ ކިންގް ޚާންގެ އަންހެނުން ގޯރީ ޚާން ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.
މަހީޕް ކަޕޫރު (ސަންޖޭ ކަޕޫރުގެ އަންހެނުން)، ބާވަނާ ޕާންޑޭ (ޗަންކީ ޕާންޑޭގެ އަންހެނުން)، ސީމާ ޚާން (ސޮހައިލް ޚާންގެ އަންހެނުން) އަދި ނީލަމް ކޮތާރީ (ސަމިރް ސޯނީގެ އަންހެނުން) ފެނިގެންދާ “ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް”ގެ ދެވަނަ ސީޒަން އިން ގޯރީ ފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްފައިވަނީ ގޯރީގެ އިންސްޓަގްރާމްގައެވެ. ޝޯގެ ޕޯސްޓަރެއް ހިއްސާކުރަމުން އޭނާ ބުނީ “ހޭ ގަރލްސް … އައިއޭމް ގޭޓް ކްރޭޝިން ސީޒަން 2.” މިހެންނެވެ.
View this post on Instagram
ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްގެ ޑިޖިޓަލް ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން އުފައްދާ “ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް”ގެ ނަން “ފެބިއުލަސް ލައިވްސް” އަށް ބަދަލުކުރި ކަމަށް ވާހަކަ ދެކެވުނަސް ނެޓްފްލިކްސްގައި ޝޯގެ ނަން ގެނެސްފައިވަނީ “ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް”ގެ ގޮތުގައެވެ.
މިއީ ބޮލީވުޑް އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ގެނެސްދޭ ޝޯއެކެވެ.
