ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކް، ރަންވީރު، އަނުޝްކާ، ރިތިކް، އާލިއާ : މީސް މީޑިއާގައި އެންމެ ނުފޫޒުގަދަ ތަރިން!

އެންމެ ބޮޑު މީޑިއާ ހައުސްކަމަށްވާ ‘ފޯރބްސް އޭޝިއާ’ އިން މީސް މީޑިއާގައި އެންމެ ނުފޫޒުގަދަ 100 * ސުމޭކް ތަރިންގެ ލިސްޓެއް އާއްމުކޮށްފައި ވާއިރު، އެ ލިސްޓުގައި ވާގޮތުން އޭޝިއާ-ޕެސިފިކް ސަރަހައްދުގައި، މީސް މީޑިއާގައި އެންމެ ނުފޫޒުގަދަ ތަރިންގެ ގޮތުގައި ހިމެނިފައިވަނީ ޝާހްރުކް ޚާން، ރަންވީރު ކަޕޫރު، ރިތިކް ރޯޝަން، އަނުޝްކާ ޝަރުމާ އަދި އާލިއާ ބަޓް ކަމަށް ބުނެފިއެވެ.

އެންމެ ނުފޫޒުގަދަ 100 ތަރިންގެ ލިސްޓުގައި ލަވަކިޔުންތެރިން، ބޭންޑްތަކާއި އަދި އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ފިލްމުތަކާއި ސީރީޒްތަކުގެ ތަރިން ހިމެނިފައިވަނީ ވަރަށް މަތީ މިންވަރަކަށެވެ.

މިގޮތުން ބޮލީވުޑަށް ބަލައިލާއިރު، ފޯރބްސް އޭޝިއާގައި ފާހަގަކޮށްފައިވާ ތަރިންގެ ތެރެއިން ރަންވީރު ސިންހް، އަނުޝްކާ ޝަރުމާ، ޝާހްރުކް ޚާާން، އާލިއާ ބަޓް، ރިތިކް ރޯޝަން އަކީ އެންމެ ނުފުސޫޒުގަދަ ސުޕަސްޓާރުންނެވެ. މި ތަރިންގެ އެތެކެއް މިލިޔަންް ފޮލޯވަރުން ތިބެއެވެ.

* ސުމޭކް (ޑިޖިޓަލް)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top