ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުނިޔޭގައި ހުރި “އެންމެ އެކަހެރި ގޭގެ” ވާހަކަ އަޑުއެހިންތަ؟

ދުނިޔޭގައި މީހުން އާބާދުވެ އުޅޭ ސަރަހައްދާ މާދުރުގައި އެކަހެރިކޮށް އޮންނަ މި ރަށުގައި ހުންނަ ހުދުކުލައިގެ މި ގެއާއި ބެހޭގޮތުން އެތަކެއް ޔޯލަ ވާހަކަތަކެއް، އެތަކެއް ސުވާލުތަކެއް އަދި އެކިއެކި ފަލްސަފާތައް އެނބުރެމުން ދެއެވެ.

އެކަހެރިކޮށް އޮންނަ ފަރުބަދަމަތީ ކުޑަކުޑަ ރަށެއްގައި އެކަނިމާއެކަނި ހުންނަ ހުދުކުލައިގެ ކުޑަކުޑަ ގެއެއްގެ ފޮޓޯއެއް ވައިރަލްވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ގެއާމެދު ތަފާތު ފަލްސަފާތަކަށް އެކިއެކި މީހުން ވާހަކަދައްކަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިއީ ދުނިޔޭގައި ހުރި އެންމެ އެކަަނިވެރިި ނުވަތަ އެކަހެރި ގެ ކަމަށް މިވަނީ ވެފައެވެ.

މި ފޮޓޯ ވައިރަލްވީ އެ ގޭގެ ފޮޓޯއެއް އިންސްޓަގްރާމުގައި މިދިޔަ ހަފުތާގައި އާއްމުކުރި ހިސާބުންނެވެ.

‘ދަ މިރާރ’ އިން ބުނާގޮތުން މިއީ އައިސްލޭންޑްގެ ދެކުނުގެ އެލިޑޭގައި އޮންނަ ކުޑަކުޑަ އެކަހެރި ރަށެކެވެ. އެ ރަށަކީ ވެސްޓްމެންނޭޖަރ ކިޔާ ޖަޒީރާ ރަށްތަކެއްގެ ތެރެއިން ރަށެކެވެ. ވެސްޓްމެންނޭޖަރ އަކީ 15 އާއި 18 އާއި ދެމެދުގެ އަދަދަށް ރަށް އޮންނަ ޖަޒީރާއެކެވެ.

މިއަދު މި ރަށަކީ ފަޅުވެފައިވާ ރަށެކެވެ. ނަމަވެސް އެ ރަށުގައި ކުރިން ފަސް އާއިލާއެއް ދިރިއުޅުނެވެ. އެރަށުގައި އެންމެ ފަހުން ދިރިއުޅު އާއިލާ އެރަށުން ފޭބީ 1930 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއީ ފަޅަށް އޮންނަ ރަށެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ހިލަބެ5 އަހަރު ކުރިން

މިގެއަކީ ސައިންޓިސްޓުންނަށް ޚާއްޞަ ކޮށްފައިވާ ގެއެއްކަމަށްވެދާނެ

Home
Menu
Search
Back to top