އެރޭ ދަންވަރު ބާރަޖަހައި އެހާކަންހާއިރެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ދެ ފިކުރެއްގައި ހުރެ ފޯނު ނެގީމެވެ. ފޯނު ނެގުމާއެކު އެމީހަކު ބުނި އެއްޗަކުން އަހަރެންގެ މެޔަށް ދިޔައީ ފިނިވެގެންނެވެ. ވާހަކަ ދެއްކީ ފިރިހެނެކެވެ. އޭނާ ބުނިގޮތުގައި އަހަރެންގެ މަންމަގެ ހާލު ސީރިޔަސް ވެގެން ހެލްތު ސެންޓަރަށް ގެންގޮސްފިއެވެ.

ލައިގެން ހުރި ނިދާ ހެދުންމަތިން ހެދުމެއް ލައިގެން އަހަރެން ނުކުތީމެވެ. އަހަރެން ސިއްސައިގެން ދިޔައީ އެންމެން ސަޕްރައިޒް އޭ ކިޔާފައި ގޮވާލުމުންނެވެ. އޮފީހުގައި އަވަދި ނެތި އުޅެން ހަދައިގެން އަހަރެން ހުރީ އަހަރެންގެ އުފަންދުވަސް ވެސް ހަދާން ނެތިފައެވެ. އެރޭ ނިމިގެން ދިޔައީ އުފަލާއި މަޖަލުގައެވެ.

އެރޭ ނުނިދާ އުޅުމުގެ ސަބަބުން އަހަރެންގެ ބޮލުގައި ރިހެއެވެ. އެހެންކަމުން އޮފީހުން ސިކް ލީވެއް ނަގާފައި ނިދަން އޮށޯތީމެވެ. އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ތެދުވެ ފެންވާރާލައިގެން ސިޓިންރޫމަށް ނިކުތީމެވެ.

“ހޭއި ބާރތުޑޭ ގާރލް! ބާރތުޑޭ ވީމަ އޮތީ ކޮންކަމެއް؟ ސޮރީ އިނގޭ ރޭގަ އެހާ ލަސްކޮށްފަ ގުޅާ އުނދަގޫކުރެވުނީމަ..؟” އަހަރެން ހައިރާވެފައި އެ ޒުވާނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ބައި ދަ ވޭ .. އައިމް ހައިކަލް.” އަހަރެންގެ ފުށުން ޖަވާބެއް ނައުމުން އެ ޒުވާނާ ބުންޏެވެ. ކޮންމެއަކަސް ހައިކަލް ގެ ސޫރަ އަހަރެންގެ ހިތުން ނުފިލާވަރަށް ކުރެހިއްޖެއެވެ. މިއީ ލޯބި ހެއްޔެވެ؟ ބުނާނޭ އެއްވެސް ބަހެއް އަހަރެންގެ ހިތަކަށް ނައެވެ. ހައިކަލް ހުއްޓާނުލާ އަހަރެންނާއި ވާހަކަ ދައްކަމުން ދިޔައެވެ. ހައިކަލް ކުރާ ސުވާލަކަށް ޖަވާބުދިނުން ފިޔަފާ އިތުރަށް ދައްކާނެ ވާހަކައެއް އަހަރެންނަކަށް ނޭނގުނެވެ. އެދުވަހަށްފަހު އަހަރެންނާއި ހައިކަލް ވެގެންދިޔައީ ވަރަށް ގާތް ދެ އެކުވެރިންނަށެވެ. އެ އެކުވެރިކަމުން ދެ ލޯބިވެރިންނަށް ބަދަލުވާކަށް ގިނަ ދުވަސްތަކެއް ނުނެގިއެވެ.

ވަރަށް ބޯކޮށް ވާރޭ ވެހުނު ރެއެކެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ ހައިކަލް އާއެކީ ބިރުވެރި ފިލްމެއް ބަލާށެވެ. ބޮޑު ތައްޓެއްގެ ޕޮޕްކޯން ތައްޔާރުކޮއްގެން ގެނެސް ކޮފީ ޓޭބަލްމަތީގައި ބޭންދީމެވެ. ފިލްމު އަޅުވާލާފައި ހައިކަލް އަށް ގޮވީމެވެ. އެކީގައި ފިލްމު ބަލަން ތިބިއިރު ބިރުގަންނަ ކޮންމެ ފަހަރަކު އަހަރެންނަށް ހައިކަލް ގައިގައި ބައްދައިގަނެވެއެވެ. އެ ގޮތަށް ބައްދައިގަންނަ ކޮންމެ ފަހަރަކު ހައިކަލް އަހަރެން ގައިގައި ފިރުމާލާފައި އެއީ އަސްލެއް ނެތް ފިލްމެއް ކަމުގައި ބުނެއެވެ. ފިލްމު ބަލައި ނިންމާލާފައި އަހަރެންނަށް އެކަނި ކޮޓަރިއާއި ހަމައަށްވެސް ދާކަށް ނުކެރުނެވެ. ވުމާއެކު ހައިކަލް އަހަންނާއި އެކު އަހަރެންގެ ކޮޓަރިއާއި ހަމައަށް ދިޔައެވެ. ހައިކަލް އަހަރެންނާއި އެކު އަހަރެންގެ ކޮޓަރިއަށް ވަނުމުން ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް އެ ހައިރާންކަން މޫނަކުން ނުދައްކަމެވެ.

ހައިކަލް އަހަރެންގެ ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އަހަރެން ހުރީ ފާޑަކަށް ގަބުވެފައެވެ. ހައިކަލް އަހަރެން އެނދުމަތީގައި ބޭއްވިއެވެ. އެއަށްފަހު ހައިކަލް އަހަރެންގެ ހަށިގަނޑުން އުފާ ހޯދިއެވެ. އަހަރެންނަށް މިވަނީ ކީއްކަން އެނގި ހައިކަލް ދުރުކުރަން މަސައްކަތް ކުރީމެވެ. ނަމަވެސް ހައިކަލް އަހަރެންގެ ގައިގައި ބައްދާލީ ކުރިއަށްވުރެ ބާރަށެވެ. އެރޭ ފަހުން ވީ ގޮތެއް ނޭނގުނެވެ.

ހެނދުނު ހޭލެވުނު އިރު މުޅިގައިގައި ރިއްސައެވެ. ތެދުވެ ފެންވަރާލައިގެން ނިކުންއިރު ހައިކަލް އާއި ހައިކަލް ގެ މަންމަ އާއި ބައްޕަ ފުރަން ދަނީއެވެ. އަހަރެންގެ ހައިކް އަހަރެން ކައިރީ ނުވެސް ބުނެ ފުރަނީއެވެ. ހައިކަލް ގެ ކުރިމަތީގައި ހުރެ ރޯން ބޭނުން ނުވާތީ އަހަރެން އެނބުރި ވަނީ ކޮޓަރިއަށެވެ. އަހަރެންގެ ހިތުގައި ހައިކަލް އަށްޓަކައި ޝަކުވާ އުފެދުނެވެ. ހައިކަލް އަހަރެން ދެކެ ލޯބި ނުވަނީ ހެއްޔެވެ؟ ލޯބި ނުވާއިރު އަހަރެން ދެކެ ލޯބި ވެޔޭ ބުނީ ކީއްވެ ހެއްޔެވެ؟ ނުވީތާކަށް އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވުނެވެ. އަހަރެންގެ ހަށިގަނޑު އަހަންނަށް ރައްކާތެރި ނުކުރެވުނީމައެވެ. އަހަރެންނަށް އަހަރެންގެ ފިރިމީހާއަށްޓަކައި ރައްކާކުރަންޖެހޭ އެންމެ އަގުބޮޑު ހަދިޔާ ބީވެގެންދިޔައީއެވެ.

ހައިކަލް ދިޔަތާ ހަފްތާއެއް ވީއިރުވެސް އަހަރެންނަކަށް ހައިކަލްގެ ޚަބަރެއް ނުވެއެވެ. އަހަރެން ގުޅާގުޅާ ފޯނެއްވެސް ނުނަގައެވެ. އަހަރެން ފޮނުވާ އެއްވެސް މެސެޖެއް ނުވެސް ކިޔައެވެ.

އަހަރެން އާދަޔާ ހިލާފަށް ބަލިވާންފެށިއެވެ. ފާޑުފާޑުގެ ނުބައި ވަސް ދުވައި ހޮޑުލެވި ހުތް އެއްޗެހި ކާހިތްވެސް ވަނީއެވެ. އަނެއްކާ އަހަރެން ބަނޑުބޮޑުވީބާއެވެ. އަހަރެންނަށް ރޮވުނެވެ. ފާމަސީން ޓެސްޓު ކިޓެއް ގަނެގެން ޓެސްޓު ކުރީމެވެ. އޭގެ ނަތީޖާ ގަބޫލު ނުކުރެވިގެން އެހެން ކިޓަކުންވެސް ޓެސްޓު ކުރީމެވެ. ނަމަވެސް ހަމަ އެއް ނަތީޖާއެކެވެ. ދެ ރޮނގުކޮޅުވެސް ރަތް ވީއެވެ. އަހަރެން ރަށް މެދަށް ބަލިވެ އިނީ އެވެ. އަހަރެންގެ މުޅި ދުނިޔެ ބަނަވި ކަހަލައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ބަނޑަށް ހަތަރުމަސް ވެއްޖެއެވެ. އަހަރެންގެ މަންމައަށް ޝައްކު ވެގެން ސުވާލު ކުރުމުން އަހަރެން ތެދަށް އެރޭ ވީ ހުރިހާ ކަމެއް ކިޔާދިނީމެވެ. އައި ރުޅިން މަންމަ އަހަރެން ގެއިން ނެރެލިއެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ތަންކޮޅެއް ދުރު ރަށަކަށް ދިޔުމަށް ތައްޔާރުވެފައި އޮތް ބޯޓެއް ރަށު ބަނދަރުގައި އޮތެވެ. އަހަރެން އެ ބޯޓަށް އެރީމެވެ.

އެ ރަށަށް ދެވުނު އިރު ވަރަށް ބޯކޮށް ވާރޭވެހެއެވެ. ބޯވާރޭގައި ދާނޭ ދިމާއެއް ނޭނގި އެ ރަށު މަގުމަތީގައި ހިނގަމުން ދިޔައީމެވެ. އެ ގޮތަށް ހިނގަމުން ހިނގަމުން ދަނިކޮށް އަހަރެންގެ ލޯމައްޗައް އަނދިރިވާންފެށިއެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

ހޭވެރިކަން ވީ އިރު އަހަރެންނަށް އޮވެވުނީ ކޮޓަރިއެއްގައެވެ. ވަރަށް ރީތި ފުރިހަމަ ކޮޓަރިއެކެވެ. ވަރަށް ފުރިހަމަ އެވެ.

“ތީ ކޮންކުއްޖެއްތަ؟” އަހަރެންނާއި ދާދި އެއް އުމުރެއްގެ ފިރިހެނެއް އަހާލިއެވެ.

“ހަޔާ އުންމުލް ހަޔާ..” އަހަރެން އަހަރެންގެ ނަން ބުނީމެވެ. އަހަރެންނާއި އަދުހަމް ދިމާވީ އެދުވަހުއެވެ. އަހަރެންގެ ދަރިފުޅުގެ ބައްޕަ ނެތް ކަމާއި ކޯޓުން ވެސް އެގޮތަށް ކަނޑަ އެޅިއެވެ. އެ ހުރިހާ ދުވަހަކު އަދުހަމް ގެ އެހީ ލިބުނެވެ.

މިހާރު

“ސޯ ހައިކަލް އަކީ ހުޔޫން ގެ ބައްޕަ ދޯ؟ ހަޔާ އަށް ހީވަނީ ކީއްވެ ހެން އަލުން ހައިކަލް އައިސްގެން އެއުޅެނީ؟” އަދުހަމް ކުރި ސުވާލުގެ ޖަވާބު ނޭނގެއޭ ބުނީމެވެ. ހައިކަލް އަށް ހުޔޫން ނުގެންދެވޭނެ އޭ ބުނެ އަހަރެންގެ ހިތް ހަމަޖައްސައިދިނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަދުހަމް ބުނި ބަސް އަހަންނަށް ގަބޫލު ކުރެވުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޗިޓުގައި ކޯޓަށް ހާޒިރުވާން އޮތް ދުވަސް ޖެހިއްޖެއެވެ. އިރު އެރީއްސުރެ އަހަރެންގެ ހިތަށް އަރަމުންދިޔައީ ކޮންމެވެސް ބޮޑު ކަމެއްވާން އުޅެނީއެވެ. ކޯޓަށް ދާން ތައްޔާރުވެގެން ނިކުން އިރު އަދުހަމް ހުރީ އަހަރެން ބަލާ އައިހެވެ. ކޯޓަށް ވަން އިރުވެސް އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހައިކަލް ފެނުމުން ހުޔޫން ނުގެއްލޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބި ހިތަށް ތަސައްލީއެއް ލިބުނެވެ. ނަމަވެސް އަޑުއެހުން ފެށުމަށްފަހު ހައިކަލް ދައްކަން ފެށި ވާހަކަ އަކުން އަހަރެން ހައިރާން ވިއެވެ. ކޮންމެވެސް ސަބަބަކާއިހުރެ އަހަރެންނަށް އެއީ ތެދެއް ކަމުގައި ގަބޫލުކުރެވުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.