އަންނަ ޖެނުއަރީ މަހު އެއްވަަނަ ދުވަހުގެ ރޭ މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕުން ދައްކަން ފަށާ ޑާކްރެއިން އެންޓަޓެއިމަންޓްގެ އަލަތު ސިޓްކޮމް ވެބް ސީރީޒް “ރޫމީ އާ ޖަންނަތު“ގައި ޖަންނަތުގެ ރޯލުން ފެނިގެންދާނީީ މިވަގުތު ދިވެހި ފިލްމީ އުދަރެހުގައި އަލިގަދަކަމާ އެކު ވިދަމުން އަންނަ ހުނަރުވެރި އެކްޓްރެސް ނުޒުހަތު ޝުޢައިބް (ނުޒޫ) އެވެ.

ރޫމީގެ ކެރެކްޓަރ އިން އަބްދުﷲ ޝާފިއު (ފުބޫ) ފެނިގެން ދާއިރު ނުޒްހަތު ޝުޢައިބް (ނުޒޫ) ފެނިގެންދާނީ ޖަންނަތުގެ ކެރެކްޓަރ އިންނެވެ. މި ރޯލަށް ނުޒޫ ހަމަޖެއްސުމުގެ ކުރިން، އެ ބައި ކުޅުނީ މަރްޔަމް މަޖްދާ (މަޖޫ)އެވެ. ނަމަވެސް މަޖޫގެ ސިއްޙީ ހާލަަތު ހުރިގޮތުން އޭނާގެ އެންމެ ފުރިހަމަ ޕާފޮމަންސް އެ ރޯލުން ނުދެއްކޭނެތީ ނުޒޫ އަމިއްލައަށް އެދިގެން އެ ރޯލުން ވަނީ ވަކިވެފައެވެ.

މިކަމާ ގުޅިގެން ސީރީޒްގެ އެއް ޕްރޮޮޑިއުސަރ އަދި ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުނީ މަޖޫ އެދުނު ފަަދައިން އެ ރޯލުން މަޖޫ ވީއްލައިދީ، ނުޒޫ ހިމަނައިގެން އަލުން ރީ-ޝޫޓްކޮށްފައިވާ ކަމަށެވެ. ސީރީޒްގެ 07 އެޕިސޯޑްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، މިވަގުތުވެސް ސީރީޒްގެ ކުރިއަށް ހުރި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ވެބް ސީރީޒް “ރޫމީ އާ ޖަންނަތު” ދައްކަން ފަށަން ދެތިން ދުވަހަކަށް ވެފައިވާއިރު، ސީރީޒްގެ ބައެއް ޓީޒާތައް ވެސް މިހާރު ވަނީ އާއްމކުރަން ފަށާފައެވެ.

ލީޑުން ފުބޫ އާއި ނުޒޫ ފެނިގެންދާނެ ”ރޫމީ އާ ޖަންނަތު“ ގައި ރޫމީ އަކީ ޝެފެކެވެ. ޖަންނަތު އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. ސީރީޒްގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، އަޙްމަދު ސުނީ، ރޯނު ހަސަން މަނިކު، މުހައްމަަދު ފައިސަލް، އަހުމަދު ސައީދު، އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން މާރިއާ ތެރޭސާގެ އިތުރުން މަޝްހޫރު އިތުރު ބައެއް ތަރިން ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

ރޫމީ އާ ޖަންނަތު“ ވެބް ސީރީޒްގެ ފުރަަތަމަ އެޕިސޯޑް ހިލޭ ބަލާލެވޭނެ އެވެ. މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.

ރޫމީ އާ ޖަންނަތު“ ސިޓްކޮމްގެ ސްކްރީންޕްލޭ ލިޔަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި އަޙްމަދު ޠަލާލެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލެވެ. ޕްރޮޑިއުސްކުރަނީ ޢާއިޝަތު ފުއާދު ތަޢުފީޤާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.