އޭރުވެސް، މިހާރުވެސް އެ ފިލްމެއް ބަލައިލަން ފޫހިނުވާނެ “ކުޗް ކުޗް ހޯތާ ހޭ”ގައި އެއްވެސް ފޫހިކަމެއް ނެތި އުޑުމަތީގައި ހުންނަ ތަރިތައް ގުނަން އުޅޭ ތުއްތުކުއްޖާ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ބޮލުގައި ފަގުޑިއެއް އަޅައިގެން އުޅުނު އެ ކުއްޖާވެސް ފުރާފުހިމަވެ މީހަކާ ރައްޓެހިވެ އުޑުން ތަރިބޭލުމުގެ މޫސުމް ނިންމާލައި މިހާރު ހުރީ މާމުއި ހަނދަށް ދިއުމަށް ތައްޔާރަށެވެ.
އާނއެކެވެ. ކަރަން ޖޯހަރްގެ ސުޕަހިޓް ފިލްމު “ކުޗް ކުޗް ހޯތާ ހޭ” ގައި ‘ސަރްދާރްޖީ’ގެ ރޯލު ކުޅުނު ޗައިލް އާޓިސްޓް ޕަރްޒާން ދަސްތޫރު ކައިވެނިކޮށްފިއެވެ. އޭނާ ކައިވެނިކުރީ ޑެލްނާ ޝްރޮފް އާއެވެ.
ފިލްމު “ކުޗް ކުޗް ހޯތާ ހޭ”ގެ އިތުރުން ފިލްމު “މޮހައްބަތޭން”، “ޒުބައިދާ”، އަދި “ކަބީ ޚުޝީ ޚާބީ ޣަމް”ގައި ވެސް ކުޑަކުއްޖެއްގެ ގޮތުގައި ޕަރްޒާން ދަސްތޫރު ފެނިފައިވެއެވެ. މީގެ އިތުރުން 2007 ވަނަ އަހަރު އެވޯޑް ލިބިފައިވާ ފިލްމު “ޕަރްޒާނިއާ” ގައި ވެސް ކުޑަކުއްޖެއްގެ ރޯލުން އޭނާ ފެނިފައިވެއެވެ. އެ ފިލްމުގައި އޭނާ ކުޅުނީ 2002 ވަނަ އަހަރު ގުޖްރާތުގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުނު ކުއްޖެއްގެ ރޯލެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް
- 3 މެއި 2025ޚިޠާބްމޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް
ކާޖޮލް އާއެކު ފިލްމެއްގެ ލީޑް ކުޅުންވެސް މި ސޮރު މިހާރު ހެޔޮވަރު