ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑިމްބާ މިއުޒިކްގެ “ހަނދުވަރުގަސްދޮށުގަ” – ހިތްގައިމު ލަވައެއް!

ޑިމްބާ މިއުޒިކް’ގެ ވަރަށް ހިތްގައިމު ލަވައެއް ކަމަށްވާ “ހަނދުވަރުގަސްދޮށުގަ” ބައިސްފުން ރިލީޒްކޮށްފިއެވެ. މި ލަވަ މިހާރު ބައިސްކޯފު އެޕް މެދުވެރިކޮށް އަޑުއަހައިލެވޭނެއެވެ.

“ހަނދުވަރުގަސްދޮށުގަ” ލަވައަކީ ޑިމްބާ މިއުޒިކް އަދި ތޯލިބުގެ ހުނަރުވެރިކަން އިވިގެންދާ ވަރަށް ހިތްފަސޭހަ ދިވެހި ރާގެއްގެ ލަވައެކެވެ.

ދިވެހިވަންތަ ލަވަތަކެއް ގެނެސްދެމުން އަންނަ ’ޑިމްބާ މިއުޒިކް’ އިން އެންމެ ފަހުން ތައްޔާރުކުރި “އުނބު” އަލްބަމް ބައިސްކޯފުން ނެރުނީ މީގެ ދެ މަސްކުރިންނެވެ. އެ އަލްބަމްގައި ވެސް ރީތި ރާގުތަކެއްގެ ރީތި ލަވަތަކެއް ހިމެނެއެވެ.

“އުނބު” އަލްބަމްގައި ހިތްގައިމު 07 ދިވެހި ލަވައިގެ އިތުރުން، ދިވެހިންގެ އަމިއްލަވަންތަ އިނގިރޭސި ލަވައަކާއެކު ޖުމްލަ 08 ލަވަ މި ހިމެނެއެވެ.

”އުނބު“ އަލްބަމްގެ ލަވަތައް ކިޔާފައިވަނީ މުއާދް، ޒާރާ، ހަައިޝަމް، ރިޒޫ، އަޒޫބެ، އާޝާ، ޔައީޝް އާއި ނިބް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top