ރާއްޖޭގެ ފިލްމީ ޚަބަރުތައް ގެނެސްދޭ އެންމެ ޒަމާންވީ ޕްރޮގްރާމު، ޓެލެވިޛަން މޯލްޑިވްސްގެ ‘ފިލްމީ އުދަރެސް’ ގައި ސިޓް ކޮމް “ރޫމީ އާ ޖަންނަތު” އަށް ޚާއްޞަކުރި އެޕިސޯޑް ބެލުމުގެ ނަޞީބު ލިބިފައި ނެތީ ކޮންބައެއް ހެއްޔެވެ؟

ސިޓް ކޮމް “ރޫމީ އާ ޖަންނަތު“ގެ އެޕާޓްމެންޓުން އެ ސީރީޒްގެ ބޮޑު ކާސްޓާއެކުގައި ފިލްމީ އުދަރެސް އިން ކުރިއަށް ގެންދިޔަ ޚާއްޞަ ސެގްމެންޓް މިހާރު ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެއެވެ.

މީޑިއާނެޓް އޮރިޖިނަލް ސީރީޒެއްގެ ގޮތުގައި މީޑިއާ ނެޓްގެ މަލްޓި އެޕްލިކޭޝަންގައި މިހާރު މި ސީރީޒްގެ 04 އެޕިސޯޑް އާއްމުކޮށްފައިވެއެވެ. މި ހަތަރު އެޕިސޯޑް ވެސް ހިލޭ ބަލައިލެވޭނެއެވެ.

މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގ އެގްޒެކިއުޓިވް ޝުވޭކާ ޝަރީފް ވިދާޅުވީ، މީޑިއާނެޓް އޮރިޖިނަލްސް “ރޫމީ އާ ޖަންނަތު“ގެ ހަތަރު އެޕިސޯޑު މިހާތަނަށް މަލްޓި ސްކްރީން އެޕަށް ލާފައިވާއިރު، އެ ހަތަރު އެޕިސޯޑަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

“ރޫމީ އާ ޖަންނަތު”ގެ މުޅިން އައު އެޕިސޯޑެއް ކޮންމެ ހަފްތާއެއްގެ ހުކުރު ވިލޭރޭ މެންދަމު ބާރައިގެ ފަހުން މަލްޓި އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

ރޫމީ އާ ޖަންނަތުު“ގައި ރޫމީ [އަބްދުﷲ ޝާފިއު (ފުބޫ)] އަކީ ޝެފެކެވެ. ރޫމީ އަކީ ތަންކޮޅެއް ސަކަގޮތެއް ހުންނަަ މީހެކެވެ. އެހެން ނަމަވެސް އެހެންމީހުންނާއި ތަކެއްޗަށް އޯގާތެރި އަޅައިލާ މިޒާޖެއްގެ ވެރިއެކެވެ. ޖަންނަތު [ނުޒްހަތު ޝުޢައިބް (ނުޒޫ)] އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. އެހެންކަމުން ނުޒޫއަކީ އޭޭނާގެ މަޤާމުގެ ޒިންމާދާރުކަން، އަމިއްލަ ދިރިއުޅުމުގައިވެސް ދައްކައިދޭ، ފިސާރި ގޮތުގައި ހުންނަ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.

އައިޝަތު ފުއާދު ތަޢުފީޤު އާއި އަޙްމަދު ޠާލާލް ގެ ސްކްރީންޕްލޭ އަކަށް ޝޫޓްކޮށްފައިވާ މި ސީރީޒަކީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ވެބް ސީރީޒެކެވެ. ސީރީޒްގެ ޕްރޮޑިއުސަރުންނަކީ މުޙައްމަދު ޢަލީ (މޮގާ) އާއި ޢާއިޝަތު ފުއާދު ތަޢުފީޤް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.