2017 ވަނަ އަހަރު ޝާހް ރުކް ޚާންއާއެކު އަނުޝްކާ ޝަރްމާ ކުޅުނު ”ޖަބް ހެރީ މެޓް ސޭޖަލް“ގައި ހިމެނުނު ލަވަތަކަކީ ބެލުންތެރިންނާއި އެހުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުވި ލަވަތަކެކެވެ. އޭގެ ތެރެއިންވެސް ”ހަވާޔޭނ“ ފާހަގަކޮށްލެވެއެވެ.
އެ ލަވަ ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ނޫސްވެރިޔަކު އަނުޝްކާއާއި ކުރި ސުވާލަކަށް އަނުޝްކާ ދިން ޖަވާބުގެ ވީޑިއޯ މިވަނީ އަނެއްކާވެސް ވައިރަލް ވެފައެވެ. އެ ހަފުލާގައި ނޫސްވެރިޔާ އަނުޝްކާއާއި ކުރި ސުވާލަކީ ޝާހްއާއެކު ރޮމޭންޓިކް ލަވަ ”ހަވާޔޭނ“ ޝޫޓް ކުރިއިރު އަނުޝްކާ ވަކި މީހަކު މަތިން ހަނދާންވިތޯއެވެ. ފުރަތަމަ ފަހަރު ސުވާލު ސާފު ނުވުމުން ސުވާލު ތަކުރާރު ކުރުމަށް އަނުޝްކާ އެދެއެވެ. ސުވާލު ތަކުރާރު ކޮށްލުމުން އަނުޝްކާ ވަރަށް އަވަހަށް ޖަވާބުވެސް ދިނެވެ.
”އާނ.. ހަނދާންވި.. މި ލަވަ ޝޫޓް ކުރިއިރު އިރްޝާދު ކާމިލް މަތިން ހަނދާންވީ. އެއީ އޭނަ އެހާ ރީތި ޅެމެއް ލަވަޔަށް ހަދައިދީފަ އޮތީމަ.“
މިއީ ޕްރިތަމްގެ މިއުޒިކަށް އަރިޖީތު ސިންގގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ވަރަށް ހިތްގައިމު ލޯބީގެ ލަވައެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




