ބޮލީވުޑް އަދި ހޮލީވުޑް ތަރިންގެ ‘ޑޮޕްލްގޭންގަރސް’ (ނިބޫ) ނުވަތަ ތަރިންނާ ވައްތަަރު މީހުންގެ ސަމާލުކަން އެއީ އަބަދުވެސް ފިލްމީ އޯޑިއަންސާއި މީޑިއާތަކަށް ލިބެމުން އަންނަ ކަަމެކެވެ. ވަކިން ޚާއްޞަކޮށް ބޮލީވުޑްގެ މަޝްހޫރު ކޮންމެ ތަރިއަކާއި ވައްތަަރު އެތައް ބަޔަކު، ތަރިން ނަކަލުކޮށްގެން މަޝްހޫރުކަން ހޯދަމުން އާދެއެވެ. ޝާހްރުކް ޚާން، އަމީތާބް ބައްޗަން އަދި ރިތިކް ރޯޝަން ފަދަ އެތަކެއް ތަރިންނެއްގެ ނިބޫއިން ފެންނަމުން ދެއެވެ.
މިގޮތުން އެންމެ ފަހުން، މީޑިއާގެ ސަމާލުކަން ހުއްޓި ފަތުއަޑުކިޔާފައި މިހާރު ފެތުރެމުން އަންނަ ޚަބަރަކީ ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ވެސް ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ބަޠަލާ އައިޝްވާރިޔާ ރާއީ އާ ވައްތަރު، ޕާކިސްތާނުގެ ބްލޮގާއެއްގެ ވާހަކައެވެ.
އައިޝްވާާރިޔާ ރާާއީގެ އެންމެ މަޝްހޫރު ހިޓް ފިލްމުތައް ކަަމަށްވާ “ދޭވްދާސް” އާއި “މޮހައްބަތޭން” ފަދަ ފިލްމުތަކުގައި އައިޝްވާރިޔާގެ ސީންތައް އާމްނާ އިމްރާން އަލުން ކުޅޭ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވެއެވެ. ބްލޮގާ އާމްނާގެ ވާހަކަ ފަތުއަޑުކިޔާފައިވަނީ ދާދިފަހުން އޭނާގެ ފޮޓޯއަކާާއި އައިޝްވާރިޔާާގެ ފޮޓޯއެއް، ބޮލީވުޑްގެ މަޝްހޫރު ‘ވައިރަލް ބަޔާނީ’ އޭނާާގެ އިންސްޓަގްރާމަށް ދޫކޮށްލި ހިސާބުންނެވެ.
View this post on Instagram
“ޝުކުރިއްޔާ! ވަރަށް އުފާވެއްޖެ. ތިޔަ ދޭ ލޯތްބާއި އޯގާތެރިކަމަށްޓަކައި އެންމެނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަންް! މިއީ ރަހުމަތެއް، އެއްވެސް ސާޖަރީއެއް ނުކުރަން. އެންމެންދެކެ ވަރަށް ލޯބިވަން.” ވައިރަލް ބަޔާނީ އިންސްޓަގްރާމް ކުރި ޕޯސްޓަށް އާމްނާ ޖަވާާބުދީފައިވެއެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި
- 7 މެއި 2025މަޢުލޫމާތުމިތަމޭނިއާ ނުވަތަ ބިރަކާނުލައި ދޮގުހަދާ ބަލި
- 4 މެއި 2025ޚަބަރު“ޓޫ އޮފް އަސް” އިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ފަވާލައިފި
- 3 މެއި 2025ޚަބަރު“ކަލޭމެން ސާބިތުކޮށްދީފި، ތީ ހުށައެޅުމަށް އެންމެ ފައްކާ ބޭންޑްކަން” – ސަލީމް މާރޗެންޓް