ފިލްމު ”ފްލައިޓް“ގެ ޓްރެއިލާ ބެލުމަށްފަހު، ބެލުންތެރިންގެ ފަރާތުން މޯހިތު ޗައްޑާ އާއި ބޮލީވުޑްގެ ކިންގް ޚާން ޝާހް ރުކް ޚާން އާއި އަޅާކިޔުން ލިބެމުންދޭ
ކުރަމުން އައި އިންތިޒާރަށް މިއޮތީ ނިމުން އައިސްފައެވެ. މޯހިތު ޗައްޑާ ލީީޑުން ފެނިގެންދާ ’މިޑް އެއަރ އެކްޝަން‘ ފިލްމު ”ފްލައިޓް“ގެ ރަސްމީ ޓްރެއިލާ މިއަދު ރިލީޒްކޮށްފިއެވެ. ދޫކޮށްލާފައިވާ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލާފައި ވާއިރު، ސޫރަޖް ޖޯޝީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮކްސް އޮފީހުގެ މެދުއުޑުގައި ފިޔަޖަހާނެ ފިލްމެއް ކަމަށް ބެލެވެއެވެ.
ފިލްމުގެ ރަސްމީ ޓްރެއިލާ ބެލުމަށްފަހު ބެލުންތެރިން، މޯހިތު ޗައްޑާ އާއި ބޮލީވުޑްގެ ކިންގް ޚާން ޝާހް ރުކް ޚާން ވައްތަރުކަމަށް ބުނެ އަޅާކިޔަން ފަށާފައިވެއެވެ.
”ފްލައިޓް“ މިއީ ވައިގެތެރޭގައި މަތިންދާބޯޓެއް ސަލަމަތްކުރުމަށް ކުރިއަށްގެންދާ މިޝަންއެއް ދައްކުވައިދޭ ގޮތަށް ބޮލީވުޑްގައި ތައްޔާރުކުރާ މިފަދަ ފުރަތަމަ ފިލްމެކެވެ. ޔޫއެފްއޯ މޫވީޒް އާއި ރިލަޔަންސް އެންޓަޓެއިންމެންޓުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ ކްރޭޒީ ބޯއީޒް އެންޓަޓެއިންމެންޓުން ނެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން މޯހިތު ޗައްޑާ، ޕަވަން މަލްހޯތުރާ އާއި ޒާކިރު ހުސައިން ފެނިގެންދާނެއެވެ. ފިލްމު ރިލީޒްކުރާނީ މާރިޗް 19 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




