ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފަރީ” ބައިސްކޯފަށް!

މަދޮށިޕް ސްޓޫޑިއޯ އިން އުފައްދާފައިވާ އާއިލީ ޑްރާމާ ސްޓައިލްގެ ފިލްމު “ފަރީ” ބައިސްކޯފަށް ގެންނަން ނިންމާފައިވާކަމަށް ބައިސްކޯފުން މިއަދު ބުނެފިއެވެ.

މީގެ ކުރިން މަދޮށިޕް ސްޓޫޑިއޯ އިން މި ފިލްމު، މިދިޔަ އަހަރު އެޕްރީލް މަހުގެ 02ވަނަ ދުވަހު ސިނަމާއަށް ގެންނަން ނިންއި އެކަން އިއުލާނުކުރިއެވެ.

ފިލްމު “ފަރީ”ގެ ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ އުދަރެހުގައި އެންމެ ވިދަމުން އަންނަ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި ކުޅަދާނެ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤު އެވެ. އިތުރު ތަރިންގެ ތެރޭގައި އަޙްމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަން ފެނިގެންދާނެއެވެ. މީގެ އިތުރުން މުހައްމަދު ޔުނާން އާއި ތަސްނީމާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމުު “ފަރީ”ގެ ސްކްރިޕްޓް ލިޔެ ޑައިރެކްޓް ކުރީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާން ސައީދު (އަންދު) އެވެ.

މި ފިލްމަކީ ‘މަދޮށިޕް’ އާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ‘ކުންނާރު ޕްރޮޑަކްޝަން’ އާއި ސްކްރީން ރައިޓަރ އަހުމަދު ޒަރީރުގެ ‘އެއް ކާފު ޕްރޮޑަކްޝަންސް’ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމު “ފަރީ”ގެ ޓީޒާއެއް ވެސް ބައިސްކޯފުން އާއްމުކޮށްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top