ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރ. ވާދޫން އާސާރީ ބައެއް ތަކެތި ފެނިއްޖެ

‏ރ. ވާދޫގައި ކޭބާލެއް ވަޅުލުމުގެ މަސައްކަތްކުރުމަށް ކޮނުމުގެ ތެރޭގައި އާސާރީ ބައެއް ތަކެތި ފެނިފައިވާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

“‏ރ .ވާދޫގައި ކޭބަލް އެއް ވަޅުލުމުގެ މަސައްކަތުގެ ތެރޭގައި ފެނުނު އާސާރީ ތަކެތި ސަގާފީ ތަރިކައިގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްކާތެރިކަމާއެކު މިހާރު ހުރީ މަރުކަޒުގެ އިރުޝާދުގެ މަތިން ކައުންސިލުގެ ބެލުމުގައި ދަށުގައި.” ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު މެންދުރުފަހު ކޮށްފައިވާ ޓްވީޓެއްގައި ހާމަކުރައްވާފައިވެއެވެ.

މި އަހަރު ފެބްރުވަރީ 14ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުން ވެސް އަސާރީ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިގެން، ޤާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދައި އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރިކުރުމުގެ ޤަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ ތަކެތި ރައްކާތެރި ކުރުމުގެ މަސައްކަތް ރ. ރަސްގެތީމު ކައުންސިލާއި ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރައްވާފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top