ބޮލީވުޑް ސީރިއަލްތަކުން ޓީއާރްޕީ އެންމެ މަތީގައި ހިފަހައްޓަމުން އަންނަ މަޝްހޫރު ސީރީޒް “އަނޫޕަމާ”ގައި އަނޫޕަމާގެ ރޯލުން ފެނިގެންދާ ރޫޕާލީ ގަންގޫލީ ވަނީ އޯޑިއަންސްގެ ލޯބި އިންތިހާއަށް ހޯދާފައެވެ. ކުރިއަށް ހުރި އެޕިސޯޑްތަކުން ބެލުންތެރިންނަށް ބޮޑެތި ސަޕްރައިޒްތަކެއް ލިބިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މި ޝޯގައި އަނޫޕަމާއަށް ލޯބި ދިނުމަށް ވަރުގަދަ އައު ފަންނާނެއް ކުރިއަށް މި އޮތް ދުވަސްތަކުގައި ވަރަށް އަވަހަށް ފެންނާނެއެވެ. އެގޮތުން މި ރޯލުން ފެނިގެންދާނީ ޓީވީ ސީރީޒްތަކުގައި ލޯބީގެ ރޯލުކުޅުމަށް ދެވަނައެއްް ނެތް ރާމް ކަޕޫރު ކަމަށް ވެއެވެ.

މި ސީރީޒްގައި އެންމެ ފަހުން އަހަރުމެންނަށް ފެނިފައިވާ އެޕިސޯޑްގައި ވާގޮތުން ކާވްޔާ (މަޑަސާލާ ޝަރްމާ) ދިރިއުޅެމުން އަންނަނީ ޝާހް އާއިލާއާއެކުގައި އެ ގޭގައެވެ. ބާ އާއި ޕާކީ ބޭނުންވަނީ އަނޫޕަމާ އާއި ވަންރާޖް ޝާހް (ސުދާންޝޫ ޕާންޑޭ) އަލުން ގުޅުމަށެވެ. ނަމަވެސް ވަންރާޖްގެ ފަރާތުން އަނޫޕަމާއަށް ލިބިފައިވާ ހިތްދަތިކަމާާއި ކެހިވެރިކަން ހަނދާން ނައްތައިލާ ވަންރާޖަށް އަނޫޕަމާ މަޢާފުކުރާނެ ހެއްޔެވެ؟

ކުރިއަށް ހުރި އެޕިސޯޑްތަކުން މި ސީރީޒްއަށް އަންނަން އޮތް ބޮޑު ޓްވިސްޓަށް ބަލައިލާއިރު، އަނޫޕަމާއަށް ލޯބިދޭނެ ބައިވެރިއެއްގެ ގޮތުގައި ރާމް ކަޕޫރު މި ސީރީޒްއާއި ގުޅޭނެއެވެ.

ރާމް ކަޕޫރް

އާނއެކެވެ. ލިބޭ ރިޕޯޓްތައް ބުނާގޮތުން އަހަރުމެން މި ބުނީ ހަމަ ހެޔޮ ވާާހަކައެކެވެ. އަނޫޕަމާ އާއި ވަންރާޖް ވަރިވާ ފަހުން އަނޫޕަމާގެ ހަޔާތަށް އައު ފިރިހެނެއް އަންނާނެެއެވެ. އެމީހުން ވަރިވާ ބައިތައް ވަރަށް ވަރުގަދަ ކުރުމަށް މި ސީރީޒް ހަދާ މީހުން ނުފޮރުޅާ އެންމެ ގައުކޮޅެއްވެސް ނުބާއްވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ސީރީޒްއަށް އައު ފިރިހެން ކެރެކްޓަރއެއް ގުޅޭ ޚަބަރު ލިބުމުން ޝޯގެ ޕްރޮޑިއުސަރ ރާޖަން ޝާހަށް ގުޅައިލުމުން ދިނީ ވަރަށް އުފާވެރި ޖަވާބެކެވެ.

“އެ ބައި ކުޅުވަން އަހަރެން ބޭނުމީ ރާމް ކަޕޫރު ލައްވައި.”

ކުރިއަށް ހުރި އެޕިސޯޑްތަކަށް އިންތިޒާރުކުރަމާ ހިނގާށެވެ. ބެލުންތެރިން މާޔޫސްކޮށް ނުލައި، ޓީއާރްްޕީ އެންމެ މަތީގައި ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓަމުން އަންނަ މި ޝޯގެ ފޯރި ކުރިއަށް އަދި އޮތީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.