ކަނޑިފަރު ދާއިރާއަށް ބަދަލެއް ގެނައުމަށް ނުކުމެ ހުރި “މަރްޔަމް“ގެ ކެމްޕޭން ލަވަ، ބޭރުގެ އެތަކެއް ސްޓްރީމިންގ ޕްލެޓްފޯމުތަކެއް މެދުވެރިކޮށް ނެރުމަށް ނިންމައިފިއެވެ. އެގޮތުން ރޭގެ ވަގުތެއްގައި ފިލްމު “މަރްޔަމް“ގައި ހިމެނޭ ދެ ލަވަ ‘ސްޕޮޓިފައި’ގައި ވަނީ ނެރެފައެވެ.
މަރްޔަމް“ގެ ލަވަތައް ގެނެސްދޭ މަޝްހޫރު ޕްލެޓްފޯމުތަކުގެ ތެރޭގައި އެޕަލް މިއުޒިކް، ސްޕޮޓިފައި، ޔޫޓިއުބް މިއުޒިކް، އެމެޒޯން މިއުޒިކް، ޓައިޑަލް، ޓިކްޓޮކް، ޖިއޯ ސާވަން، ޑީޒަރ އަދި ހަންގާމާ ހިމެނެއެވެ.

އޮރިޖިނަލް މިއުޒިކް އަދި ލިރިކްސް ހިމެނޭ “މަރްޔަމް“ގެ ދެ ލަވަވެސް ކިޔާފައިވަނީ މަޝްހޫރު ޕްރެޒެންޓަރ ނަސްމާ ޢަބްދުލް މުޙްސިން އެވެ. މި ދެލަވަ ވެސް ނަސްމާ ހުށައަޅައިދީފައިވަނީ ވަރަށް ފުރިހަމައަށެވެ. މި އަލްބަމްގައި ހިމެނޭ އޮޖިނަލް މޯޝަން ޕިކްޗަރ ސައުންޑް ޓްރެކަކީ “އުއްމީދު” އަދި “ހުވަފެން” އެވެ.

#ބަދަލެއްގެ ފެށުން ސްލޯގަންގައި ކަނޑިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން “މަރްޔަމް” (މަރްޔަމް މަޖުދާ) ނުކުމެ ހުރީ މިހާރުވެސް އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރުކަން ކުރައްވަމުން ގެންދަވާ އަދުނާން ހަލީމް (އަޙްމަދު ސަޢީދު) ބަލިކުރުމަށެވެ.

މަރްޔަމް” އާއި ހަލީމްގެ ކެމްޕޭން ފޯރިއާއި އިންތިޚާބުގެ ފޯރި އަދި ދާއިރާގެ އެންމެނާއި ރާއްޖޭގެ އެންމެނަށް ޝޮކެއް ލިބޭފަދަ އިންތިޚާބީ ނަތީޖާ ފެނިގެންދާނީ އޭޕްރީލް 08 ގައެވެ. މީޑީއީ ނެޓްގެ މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް އެކަންޏެވެ.

މަރްޔަމް” އަކީ އެއްކާފު ޕްރޮޑަކްޝަން އާއި އޯކޭޒް އިންކް އިން އުފައްދާ ފިލްމެކެވެ. އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށް ކެމެރާކުރީ އިބްރާހިމް ވިސާން (ކަނޑި) އެވެ.

މަރަޔްމަ މަޖުދާ އާއި އަޙްމަދު ސަޢީދުގެ އިތުރުން މުހިންމު ރޯލުތަކަކުން ޢަލީ ޢާޒިމް، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް ފެނިގެންދާނެއެވެ.

ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.