ގްރީން އާޓްސްގެ ފަރާތުން ހަދާ ހަތަރު އެޕިސޯޑްގެ ޑްރާމާ ސީރީޒް ”ބުނެލަދީ“ގެ ޝޫޓިން އައްޑޫސިޓީގައި ފަށައިފިއެވެ. މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރްޔަމް މޫސާގެ ވާހަކައަކަށް ހަދާ ސީރީޒެކެވެ.
”ބުނެލަދީ“ގެ ލީޑް ތަރިންނަކީ ފިލްމީ ދާއިރާގައި މަޝްހޫރު އެކްޓްރެސް މަރްޔަމް ޝަހުޒާ (ޝަހޫ) އަދި އަމަން ޢަލީ (ޓޮމް) އާއި ޓިކްޓޮކް ތަރި ހަސޭގެ އިތުރުން އަލަށް ތަޢާރަފުވާ ނުސްރާ އަދި އައިންތު އެވެ.
”ބުނެލަދީ“ގެ އިތުރު މަޢުލޫމާތުތައް މުނިއަވަސް އާ ހިއްސާކުރަމުން އަމަން ބުނީ މި ސީރީޒްގެ ޝޫޓިން މުޅިންހެން ނަގަނީ އައްޑޫސިޓީ ގައި ކަމަށެވެ. މީގެ އިތުރުން ޑްރާމާގެ ޕޯސްޓް ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކުރަނީވެސް އައްޑޫސިޓީގައެވެ.
”ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ އަޙްމަދު ނާއިލް ރަޝީދު. ކެމެރާމޭން އަކީ މާނު.“ އަމަން ބުންޏެވެ. ޑްރާމާ ސީރީޒްގެ މަސައްކަތްތަކަށް އައްޑުސިޓީން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަންވެސް އަމަން ފާހަގަކުރިއެވެ.
ޑްރާމާ ސީރީޒް ”ބުނެލަދީ“ އަކީ އަންނަ ރަމަަޟާން މަހު ދައްކަން ހަދާ ޑްރާމާއެއް ކަމަށްވެސް އަމަނން ބުންޏެވެ. ނަމަވެސް ޑްރާމާ ދައްކާ ޗެނަލް އަދި އޮތީ ސިއްރެއްގެ ގޮތުގައި ކަމަށްވެސް އަމަން ބުންޏެވެ.
މި ސީރީޒްގެ ކޮސްޓިއުމް ޕާޓްނަރަކީ ’ހައުސް އޮފް ވޯގް‘ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




