ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގުޅުން” ފިލްމުގެ މިއުޒިކް މަސައްކަތް ނިންމާލައިފި

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ އެންތޮލޮޖީ ސީރީޒްގެ ފިލްމު “ގުޅުން”ގެ މިއުޒިކް މަސައްކަތް ނިންމައިލެވިއްޖެ ކަމަށް އެ ޕްރޮޑަކްޝަނުން އިއްޔެ ހާމަކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ’ވަން ޓޭކް‘ކޮށް ނެގި ކުރު ފިލްމު “ގުޅުން”ގެ މިއުޒިކް ހެދީ ޙުސައިން ތަޢުފީޤް އެވެ.

”ގުޅުން“ ލިޔެ ޑައިރެކްޓްކުރީ ޑާކް ރެއިންގެ އެއް ޕްރޮޑިއުސަރ ޢާއިޝަތު ފުއާދު ތަޢުފީޤް އެވެ. ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހަދަނީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހަދަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.

20 މިނެޓްގެ ދިގުމިން ހުންނަ “ގުޅުން” ފިލްމުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ ކުޅަދާނަ އެކްޓަރުން ކަމުގައިވާ ރަވީ ފާރޫޤް، ރިޝްމީ ރަމީޒް ގެ އިތުރުން ޢަބްދުﷲ ޝާފިޢު (ފުބޫ)، އައިމިނަތު ރަޝްފާ (އާޝާ) އަދި “އެހެނަސް” ވެބް ސީރީޒުން ދާއިރާއަށް ތަޢާރަފްވި އައިމިނަތު ޝަމާނާ އެވެ.

ޙަސަން އާދަމްގެ މޭކަޕް ފެނިގެންދާ މި ފިލްމުގައި ޚާއްޞަ ފެނިލުމަކުން އަޙްމަދު ސަޢީދު، ޖުމައިހް، ވެސް ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top