ސީޒަންގެ ފިލްމު ކުންފުނި ‘އެސް ޕްރޮޑަކްޝަންސް’ އިން އުފައްދާފައި އަސަރުގަދަ ލޯބީގެ ފީޗާ ފިލްމް “ލޯބިވެވިއްޖެ“ގެ ރަސްމީ ޕޯސްޓަރު ނެރުމާއި ފިލްމުގެ ފަސްޓް ލުކް ރިލީޒްކުރުން މިމަހު11 ވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ފިލްމީ އުދަރެސް ޕްރޮގްރާމުގައި އޮންނާނެ ކަމަށް އެ ޕްރޮޑަކްޝަން އިން ބުނެފިއެވެ.
“ލޯބިވެވިއްޖެ“ގެ ރަސްމީ ޕޯސްޓަރު ނެރުމާއި ފިލްމުގެ ފަސްޓް ލުކް ނެރުމަށް ހަމަޖެހިފައި ވަނީ ފިލްމީ އުދަރެސްގެ ޚާއްޞަ ޕްރޮގްރާމެއްގައި ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
މަލްޓި ކާސްޓެއް ހިމެނޭ ”ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، ނިޝާ (ނިޝްކޮ) ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.
މި ފިލްމު ޕްރޮޑިއުރަސަރުންނަކީ ސީޒަންގެ އަންހެނުން އައިމިނަތު ޝަނާޒްގެ އިތުރުން ޝާނިޒް އަލީ އެވެ.
މި ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ތިނަދޫ އާއި އަވަށްޓެރި ސްރީ ލަންކާގައެވެ. މީގެ އިތުރުން މާލޭގައިވެސް މި ފިލްމުގެ މަންޒަރުތައް ނަގާފައިވެއެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/100848474684762/videos/749384139055841″ poster=”http://www.muniavas.com/wp-content/uploads/2020/02/A128FD1E-A136-40EB-AF3F-39A7081195AF.jpeg”]
[aiovg_video type=”facebook” facebook=”https://www.facebook.com/LoabiVevijje/videos/1605442016331845″ poster=”http://www.muniavas.com/wp-content/uploads/2020/02/A128FD1E-A136-40EB-AF3F-39A7081195AF.jpeg”]
[aiovg_video type=”facebook” facebook=”https://www.facebook.com/LoabiVevijje/videos/3929957213729950″ poster=”http://www.muniavas.com/wp-content/uploads/2020/02/A128FD1E-A136-40EB-AF3F-39A7081195AF.jpeg”]
