މިމަހު 08ވަނަ ދުވަހުގެ ރިލީޒްކޮށްފައިވާ މީޑިއާނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމު ”މަރްޔަމް” ބަލައިފިން ހެއްޔެވެ؟

ކަނޑިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެ ދާއިރާގެ ކަނބަލެއް ނުކުންނަނީ ދާއިރާގެ މިހާރުގެވެސް މެންބަރު ބަލިކޮށްލުމަށެވެ. މަރްޔަމް މަޖުދާ (މަޖޫ), ”މަރްޔަމް”ގެ ރޯލުން ފެނިގެންދާއިރު، މި ފިލްމުގައި ކަނޑިފަރު ދާއިރާގެ މިހާރުގެ މެންބަރުގެ ގޮތުގައި ދައްކަނީ އަހްމަދު ސައީދު އެވެ.

މަޖިލިސް އިންތިޚާބަށް ”މަރްޔަމް”ގެ ކުރިމަތިލުމަށްފަހު، ހަތުރުންނާއި މިތުރުން ދަސްވެއެވެ. ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކު ނުކުމެ، ވަރުގަދަ ސިޔާސީ މީހެއް ބަލިކޮށްލެވިދާނެކަން މި ފިލްމުން ދައްކައިދެއެވެ. މިއީ ރާއްޖޭގެ ސީޔާސީ މަޝްރަޙްގެ ހުރިހާ ފަރާތެއް ދައްކައިދޭ ފިލްމެކެވެ.

އަންހެނަކު ސިޔާސީ ދާއިރާ ނުވަތަ އެހެން ދާއިރާއަކުން ކުރިއަށްދިއުމުގައި އާއިލީ އެއްބާރުލުން ލިބުމަކީ ކިހާ މުހިންމުކަމެއްކަން ފިލްމު ”މަރްޔަމް”ގެ އިން ދައްކައިދެއެވެ. ވަކިން ޚާއްޞަކޮށް، ފިރިމީހާގެ އެއްބާރުލުން ލިބުމުން ބާރުވެރި އަންހެނުންގެ ބާރުވެރިކަމާ ކެރުން އިތުރަށް ގަދަކޮށްދޭކަން ދައްކައެވެ. ”މަރްޔަމް”ގެ އަކީ އަންހެނުން ބާރުވެރިކުރުމަށް ހިތްވަރުދޭ ސިޔާސީ ފިލްމެކެވެ.

ކަނޑިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ކަންތައްތަކާ، މަރްޔަމް އަށް ކުރިމަތިވި ނާކާމިޔާބީއާއި ކާމިޔާބީ މި ފިލްމުގައި ދައްކައިދެއެވެ. ނާކާމިޔާބީއަށް ފަހު، ހިތްވަރުކޮށްގެން މަރްޔަމް އަށް ސިޔާސީ ދާއިރާގައި ދަތުރުކުރެވިފައިވަނީ ކިހާ ހިސާބަކަށްކަން ބަލައިލަން ފިލްމު ”މަރްޔަމް”ބަލައިލަން ޖެހެއެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި މަރްޔަމް ފެނިގެންދާނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ކިހާ ހިސާބަކުންކަންވެސް އަންދާޒާކޮށްލެވޭނީ “މަރްޔަމް” ބަލައިލައިގެންނެވެ.

ޓެގް ލައިނަކަށް ‘ބަދަލެއްގެ ފެށުން’ ބޭނުންކޮށްފައިވާ ފިލްމު ”މަރްޔަމް”އަކީ ފިލްމީ މަސައްކަތްތަކުގެ ބަދަލެއްގެ ފެށުން ކަމަށް ބެލެވެއެވެ. ”މަރްޔަމް”ގެ ނިމުން ގެނެސްފައިވާ ގޮތުން މި ފިލްމުގެ ސީކްއަލްއެއް ނުވަތަ ދެނަ ބައެއް ގެނައުމަކީ ގާތް ކަމެއް ކަމަށް ބެލެވެއެވެ.

އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ކުޅެފައިވާ މި ފިލްމު ޑައިރެކްޓްކޮށް ކެމެރާކުރީ އިބްރާހިމް ވިސާން (ކަނޑި) އެވެ. މީގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ މަރިޔަމް މަޖުދާ (މަޖޫ) އާއި އަހުމަދު ސައީދާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އަލީ ޝަޒްލީމާއި ނިޝާ އެވެ.

މި ފިލްމުގެ ގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ ފިލްމު “ހައްދު” އާއި “ބަވަތި” ފަދަ ކާމިޔާބު ފިލްމުތަކުގެ މަސައްކަތް ވެސް ކުރި އޯކޭޒް އިންކް އިން ކަމަށެވެ.

ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.