ރައްޔިތުންގެ މަޖިލީހުގެ ކަނޑިފަރު ދާއިރާގެ ގޮނޑިއަށް މެންބަރެއް ހޮވުމަށް ބޭއްވި ފޯރިގަދަ އަދި ވާދަވެރި އިންތިޚާބު ނިމިފައިވާއިރު، އިންތިޚާބުން ކާމިޔާބު ހޯއްދެވީ އެ ދާއިރާގައި މިހާރުވެސް މެންބަރުކަން ކުރައްވަމުން ގެންދަވާ އަދުނާނު ހަލީމް ތޯ ނުވަތަ މަރްޔަމް ތޯ މިއީ ހަމަ ގައިމުވެސް އުފެދޭނެ ސުވާލެކެވެ.

ކަނޑިފަރު ދާއިރާގެ ނުފޫޒުގަދަ މެންބަރު އަދުނާން ހަލީމް (އަޙްމަދު ސަޢީދު) ބަލިކުރުމަށް ‘#ބަދަލެއްގެ ފެށުން’ ޓެގްލައިން އާއެކު ނުކުތީ “މަރްޔަމް” (މަރްޔަމް މަޖުދާ) އެވެ. އިންތިޚާބުގެ ކެމްޕޭން ތެރޭގައި “މަރްޔަމް” އަށް ގިނަ ގޮންޖެހުންތަކަކާއި ހުރަސްތަކަކާ ކުރިމަތިވެއެވެ. އަމިއްލަ ޕާޓީންވެސް އޭނާއަށް ލިބެނީ ދޯކާއެވެ. ހަލީމްގެ ނުފޫޒާއި ބާރުވެރިކަން ބޭނުންކޮށްގެން “މަރްޔަމް” ކަޓުވައިލުމަށް ކޮށްފައި ނުކުރާ ހަމަ އެއްކަމެއްވެސް ނެތެވެ. ‘ޑާރޓީ ޕޮލިޓިކްސް’ގެ ހުރިހާ އުކުޅެއް ހަލީމް ބޭނުންކުރިއެވެ. “މަރްޔަމް” އާ ބައްދަލުކޮށް އިންޒާރު ދެއެވެ.

ނަމަވެސް “މަރްޔަމް” އަކީ ވެސް ފިސާރި ކަނބަލެއްކަން ދެއްކިއެވެ. އޭނާގެ ޒުވާން ޓީމާއި އެކުގައި ވަރުގަދައަށް ކެމްޕޭން ޖެއްސިއެވެ.

މި އިންތިޚާބުގައި ކާމިޔާބު ލިބެނީ، ކެމްޕޭން ޝިޢާރެއްގެ ގޮތުގައި #ބަދަލެއްގެ ފެށުން ބޭނުންކޮށްފައިވާ “މަރްޔަމް” ތޯ ނުވަތަ އިންތިޚާބު ކާމިޔާބުކުރަނީ #މިފަހަރުވެސް ހަލީމް ހޮވަމާ ޝިޢާރު ބޭނުންކޮށްފައިވާ އަދުނާނު ހަލީމު ތޯ ބަލައިލެވެން އޮތީ ކަނޑިފަރު ދާއިރާގެ އިންތިޚާބުގެ ކަންކަން ގެނެސްދޭ ހަމައެކަނި ޕްލެޓްފޯމްކަމަށްވާ މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕް ބޭނުންކޮށްގެނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.