ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗިޕްސްމޯ ޕުޑިން – މުނިއަވަސް ރަހަފަތް

ޕުޑިންގެ އެކި ވައްތަރު ތަކަކީ ޑެޒާޓެއްގެ ގޮތުގައި ނުވަތަ އަނގަ ފޮނިކޮށްލަން ކައިލަން ވަރަށް ގިނަ މީހުންނަށް ކަމުދާ ކެއުމެކެވެ. އެހެންކަމުން މި އަހަރު ރަމަޟާން މަހު މުނިއަވަސް ރަހަފަތުން މި ގެނެސްދެނީ ޗިޕްސްމޯ ޕުޑިން ތައްޔާރުކޮށްލާނެ ރަހަފަތެކެވެ.

ބޭނުންވާނެ ތަކެތި

 3 ދަޅު ނެސްލޭ ކްރީމް
1 ދަޅު ގެރި ގިރު
1 1/2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
1 ޕެކެޓް ޗިޕްސް މޯ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް

ތަށްޓަކަށް ނެސްލޭ ކްރީމް ދަޅު ކަނޑާލުމަށްފަހު އަޅުއްވާށެވެ.
އެއަށްފަހު ގެރިކިރު ދަޅު އަޅާލުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކޮކޯޕައުޑަރ ކޮޅުވެސް އަޅާލުމަށްފަހު އެއްކޮށްލާށެވެ.
ޓްރޭއެއްގައި ބިސްކޯދުތައް އަތުރާލާށެވެ. އެއަށްފަހު ދެންމެ ހެދި ކްރީމް، ޓްރޭގައި ހުރި ބިސްކޯދު ތަކުގެ މަތީގައި ފަތުރާލާށެވެ. މިގޮތަށް ލެޔަރސްކޮށް ޓްރޭގައި އަތުރާލުމަށްފަހު މައްޗަށް ބިސްކޯދު ފުނޑުފުނޑުކޮށްލުމަށްފަހު ފަތުރާލުމަށްފަހު އައިސް އަލަމާރިއަށް ލާށެވެ.

ޢައިސް އަލަމާރީގައި 3 ގަޑިއިރު ބެހެއްޓުމަށްފަހު ނަގާށެވެ. ޗިޕްސްމޯ ޕުޑިން މިހުރީ ތައްޔާރުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top