ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2 – އެޕިސޯޑް 1

މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 1ގެ މަދަހަ ވީޑިއޯތައް ރިލީޒްކޮށްފިއެވެ. އެޕިސޯޑް 1 ގައި ރިލީޒްކޮށްފައިވަނީ އުމުރުން 04 އަހަރާއި 07 އަހަރާއި ދެމެދުގެ ބައިވެރިންގެ ތެރެއިން 10 ބައިވެރިންގެ މަދަހަ އެވެ.

އެޕިސޯޑް 1 މުނިއަވަސް ފޭސްބްކް ޕޭޖަށް އަޕްލޯޑްކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ވީޑިއޯތައް އަޕްލޯޑްކޮށްފައިވަނީ މި މުބާރާާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ގެ މުއައްސިސް ޢީސާ ޝަރީފްގެ ފޭސްބްްކްގައެވެ.

މުނިއަވަސް އިން އިންތިޒާމުކޮށްގެން ގެނެސްދޭ މި މުބާރާާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ގެ ފަރާތުން ލަވަފޮށްޓަށް މި މުބާރާތުގެ ހުރިހައި އެޕިސޯޑްތަކެއް ލާނެއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރ އިއްޔަ ރިކޯޑްސް އިން މުބާާރާތުގެ ބައިވެރިންގެ މަދަހަތަކަށް ފަނޑިޔާރުން ޖަޖުކޮށްދިނުމުގައި އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް މަދަހަ ހުށައެޅުންތެރިންނަށް، އިއްޔަ ރިކޯޑްސް އިން އުފައްދާ މަދަހަ އަލްބަމެއްގައި މަދަހަ ކިޔުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަދަހަ އޯޑިއޯތައް މިރޭ 09:00 ގައި ލަވަފޮށި އެޕްލިކޭޝަންގައި ވެސް ވަނީ ރިލީޒްކޮށްފައެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/498022108225230″ poster=”http://www.muniavas.com/wp-content/uploads/2021/04/MMM-S02-E01.jpg”]

މުނިއަވަސް މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 1 އަދި ކުރިއަށް ހުރި އެޕިސޯޑްތަކުގައިވެސް މީގެ ކުރިން އާއްމުވެފައިވާ މަދަހައެއް ހިމެނޭ ނަމަ، އެ މަދަހަ މުބާރާތުގައި ޖަޖުކުރުމަށް ނުހިމެނޭނެ ވާހަކަ ތަކުރާރުކޮށް ދަންނަވަަމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މަލާލާ5 އަހަރު ކުރިން

އާމިންތު ނީމް އިބްރާޙީމް ކިޔާފައިވާ މަދަހަ އަކީ ކުރިން އާއްމުކޮށްފައިވާ މަދަހައެއް. https://www.youtube.com/watch?v=AZgmSQrYHlU އެ މަދަހަވަނީ 30 ޖުލައި 2020 ވަނަ ދުވަހު ޔޫޓިއުބް ގައި އާއްމުކޮށްފައި. ލިންކް އަށް ޒިޔާރަތްކޮށްލައްވާ!

Samdha5 އަހަރު ކުރިން

Meege kurin aanmuvefa vaa madhaha ves eba huri kiyaafa mi episode ga ves.

Home
Menu
Search
Back to top