ޓްރައިފަލް އަކީ ހުޅަނގުގެ ގައުމުތަކުގެ ސުފުރާމަތިން ޒަމާނުއްސުރެން ފެންނަ އަނގަފޮނިކޮށްލާ ކެއުމެކެވެ. މިގޮތުން މިއަދު މި ގެނެސްދޭ ފުރުޓް ކަސްޓަރޑް ޓްރައިފަލް އަކީ ކަސްޓަޑާއި މޭވާގެ ފަށަލަތަކެއްގެ މައްޗަށް އެކުލެވޭ މީރު ކެއުމެކެވެ.
ބޭނުންވާނެ ތަކެތި
❂ 2 ޖޯޑް ފުލްކްރީމް މިލްކް
❂ 1/2 ޖޯޑް ހަކުރު
❂ 1/2 ޖޯޑް ކަސްޓަރޑް
❂ 1/2 ޖޯޑް ވިޕް ކުރީމް
❂ 1 ބޯތަށި އޮރެންޖް ޖޫސް
❂ 1 ޕެކެޓް ޖޭކޭ ބިސްކޯދު
❂ 1 ދަޅު މޭވާ (ފްރުޓް ކޮކްޓައިލް)
ގާނިޝްކޮށްލުމަށް
❂ 6 ޗެރީ
❂ ކަނަމަދު ކޮޅެއް
ތައްޔާރުކުރާނެ ގޮތް
❂ ތެއްޔަކަށް ކިރު، ހަކުރު އަދި ކަސްޓަރޑް އެޅުމަށްފަހު އޮލަވަންދެން ކައްކާލާށެވެ. ކެކެމުންދާއިރު ރަނގަޅަށް ހަލުވާށެވެ. ނޫންނަމަ ތެލީގައި ހިފާގޮތްވާނެއެވެ.
❂ ޓްރޭއަކަށް ކަސްޓަރޓް އެޅުމަށްފަހު ހިހޫވަންދެން ބަހައްޓާލާށެވެ. ހިހޫވުމުން އެއްކޮށްލާށެވެ.
❂ ވިޕްކުރީމް ވިޕްކޮށްލުމަށްފަހު ކަސްޓަރޑް ކޮޅު އަޅާލުމާށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ފުރުޓްކޮޅު ވެސް އެއްކޮށްލާށެވެ.
❂ އެއަށްފަހު ބިސްކޯދު، އޮރެންޖް ޖޫސްތައްޓަށް ލުމަށްފަހު ނަގާ ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު ކަސްޓަރޑް ފަށަލައިގެ މަތީގައި ބިސްކޯދު ފަތުރާލާށެވެ. މިގޮތަށް ލެޔަރސްކޮށް ޓްރޭގައި އަތުރާލުމަށްފަހު ގާނިސް ކުރުމަށް ހޯދި ތަކެތި ޓްރޭގެ މަތީގައި އަތުރާލާށެވެ.
❂ ފުރުޓް ކަސްޓަރޑް ޓްރައިފަލް މިހުރީ ތައްޔާރު ވެފައެވެ. ބޭނުން ނަމަ ފިނި ކޮށްލައިގެންވެސް ފަރިއްކުޅުއްވިދާނެއެވެ.
