ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މީޑިއާނެޓް މަލްޓި ސްކްރީން އެޕް ބޭނުންކުރުން ބޮޑު ތުރާލެއް!

“ރޫމީ އާ ޖަންނަތު ބަލަން ކިތައްމެ ބޭނުންވިޔަސް މިއީ ވާވަރު ކަމެއް ނޫން. މީ އަޅެ ކުޑަކުއްޖަކު ޓްރައިލް އަކަށް ހަދާފަ އޮތް އެޕެއްތަ؟”

“މަރްޔަމް ބަލާހިތުން ލައްކަ ދުވަހު އިންތިޒާރުކުރިން. ފިލްމު ރިލީޒްވިތާ އެތަކެއް ދުވަހެއް ވީއިރު އަދިވެސް މިއުޅެނީ ފިލްމު ބަލައި ނުނިމިގެން. މީވާ އެޕެއް. އަބަދު ކްރޭޝް ވަނީ. ފާސްޓްފޯވާރޑްކޮށްލަން އިނގިލިޖައްސާލާތަނުން ވެސް މޮޔަވާވަރުވޭ. މީ އަޅެ އެޕެއްތަ ނޫނީ ވޭނެއްތަ؟”

މީޑިއާ ނެޓުން ދާދިފަހުން ރިލީޒްކުރި “ރޫމީ އާ ޖަންނަތު” ވެބް ސީރީޒް އާއި ސިޔާސީ ފިލްމު “މަރްޔަމް”ގެ އެންމެ ގިނަ ޚަބަރުތައް ގެނެސްދިން އޮންލައިން އަކަށް މުނިއަވަސް ވާނެއެވެ. އެހެންކަމުން އެ ސީރީޒް އާއި ފިލްމު ބެލުމަށް އިންތިޒާރުކުރި ފަރާތްތަކުގެ ފޮނި އިންތިޒާރަށް އުއްމީދުކުރި ވަރުގެ ފޮނިކަމެއް ނުލިބުމުން ބެލުންތެރިންގެ ޝަކުވާތައް ބަންޑުންވާން ފެށިއެވެ. ވެބް ސީރީޒް “ރޫމީ އާ ޖަންނަތު” އާއި ފިލްމު “މަރްޔަމް” ކިތައްމެ ރީއްޗަސް، އެ ރީތިކަން ބަލަން އޮތް ހަމަ އެކަނި އެޕްލިކޭޝަން ‘މަލްޓި ސްކްރީން އެޕް’ގެ ކަޑަކަމާ ހެދި ބެލުންތެރިން ތިބީ މާޔޫސްވެ ރުޅިގަދަ ވެފައެވެ. މި ލިޔުން ފަށަމުން މި ގެނެސްދިން ‘ޝަކުވާގެ ކޮމެންޓް’ ތަކަކީ އެކިއެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ޝަކުވާ ތަކެކެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ އެއްމެ ވަރުގަދަ އުފެއްދުންތައް މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް އާއްމުކުރިޔަސް، ބޭނުން ނުކުރެވޭ އެޕެއް ނުވަތަ ބޭނުންކުރަން ބޮޑު ތުރާލަކަށް ވެފައިވާ އެޕެއްގައި ކިތައްމެ މޮޅު އެއްޗެއް ރިލީޒްކުރިއަސް އެކަމުން ބެލުންތެރިންނަށް ވާނެ ފައިދާއެއް އޮންނާނެތޯ މިއީ ހަމަ ގައިމުވެސް ފިލްމު އުފައްދާ ފަރާތްތަކުންވެސް އުފައްދާނެ ސުވާލެކެވެ.

މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން، މި އެޕްލިކޭޝަންގައި ރިލީޒްކޮށްފައިވާ އުފެއްދުންތައް ނުބެލިގެން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި އެކްޓަރުންނާ ހަމައަށް ވެސް ބެލުންތެރިންގެ ޝަކުވާތައް އޮއްސާފައިވެއެވެ. ނަމަވެސް މިކަމުގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި އެކްޓަރުން ކުރާނީ ފަހެ ކީއްތޯއެވެ. މީޑިއާ ނެޓް ފަދަ ވަރުގަދަ ކުންފުންޏަކުން ފިލްމީ ފަންނާނުންގެ މޮޅު އުފެއްދުންތަކެއް ގެނެސްދިނުމަށް މިވަރުގެ ދޯހަޅި އެޕްލިކޭޝަނެއް އާއްމުކޮށްފައި ބެހެއްޓުން މިއީ ލަދުކަމެއް ނޫންތޯއެވެ.

ފިލްމީ އުފެއްދުންތައް އުފައްދާ ފަރާތްތަކުން ހަމަ ގައިމުވެސް ބޭނުންވާނީ ހަމައެކަނި ފައިސާއެއް ނޫނެވެ. އެމީހުން އުފައްދާ އުފެއްދުންތައް ވީހައިވެސް ގިނަބަޔަކު ބެލުމަކީ އެމީހުން އެދޭނެ އެންމެ ބޮޑު އެއް އެދުމެވެ. ކަން މިހެން އޮތް ނަމަވެސް، މަލްޓި ސްކްރީން އެޕަށް ގެންނަ އުފެއްދުންތަކުގެ އިޝްތިހާރު ކުރެވޭ މިންވަރު މަދުކަން މިއީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.

“ތިޔަށް ވުރެން މޮޅަށް އަހަރެން ވެސް އެޕެއް ހަދާފާނަން.” އެޕްލިކޭޝަން ހަދަން ދަސްކުރަމުން އަންނަ ޒުވާނެއް މުނިއަވަސް އަށް ބުންޏެވެ. އޭނާ ބުނީ މިވަރުގެ ޔޫސަރ އަންފްރެންޑްލީ އެޕްލިކޭޝަނަކަށް ފިލްމީ އުފެއްދުންތައް ދޭ ފަރާތްތަކުންވެސް ވިސްނަން ޖެހޭ ކަމަށެވެ.

މަލްޓި ސްކްރީން އެޕްލިކޭޝަނުން ގެނެސްދިން “ރޫމީ އާ ޖަންނަތު”ގެ އެޕިސޯޑްތަކަށް ޚަބަރެއް ލިޔުމަށް މުނިއަވަސް އިން ވެސް ތަކުލީފުތަކެއް އުފުލަން ޖެހުނުކަން ފާހަގަކޮށްލަމެވެ. އެގޮތުން އެޕިސޯޑެއް ބަލައިލުމަށް ދެތިން ހަތަރު ދުވަސް ހޭދަކޮށްލަން ޖެހުނުކަން ފާހަގަކޮށްލަން ޖެހެއެވެ.

“އެޕިސޯޑްގެ ބައެއް ޑައިލޮގުތައް އަހައިލާ ލިޔެލަން، ޕޯޒް ބަޓަން އަށް ފިއްތާލާ ތަނުން ސީރީޒް އަލުން އެބަ ފެށޭ. ޕްލޭ ބަޓަން އާއި ޕޯޒް ބަޓަންތައް ހުންނަ ތަނާ ޑިއުރޭޝަން ބާރ އާއި މި ހުންނަނީ ޖެހި ފިތިފަކަހަލަ ގޮތަކަށް. ޕޯޒްކޮށްލަން ނޫނީ ފާސްޓް ފޯވާރޑްކޮށްލަން ޖައްސާލާއިރަށް ވެސް އެތަކެއް ސަކަރާތްތަކެއް ޖަހަން ޖެހޭ ހާލަތަށް އާދޭ.” މިއީ މުނިއަވަސް އިން ސީރީޒްގެ އެޕިސޯޑަށް ޚަބަރެއް ލިޔަން ކުރި މަސައްކަތުގައި ދިމާވި ބައެއް ކަންކަމެވެ.

ރާައްޖޭގެ އެންމެ ވަރުގަދަ އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މި ނޫން އެޕްލިކޭޝަނެއް މީޑިއީ ނެޓުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭން އެބަ ޖެހެއެވެ. އެންމެ ކޮލިޓީ އުފެއްދުންތައް ގެންނަން އެއްވެސް ކޮލިޓީއެއް ނެތް، ބޮޑު ހައިޖާނުގަނޑަކަށް ދާން ޖެހޭ އެޕެއް އާއްމުކޮށްފައި ބެހެއްޓުން މިއީ ހަމަ ގައިމުވެސް ލަދު ކަމެކެވެ. ވަކިން ޚާއްޞަކޮށް މީޑިއާނެޓް ފަދަ ބޮޑު ކުންފުންޏެއްގެ މަލަމައްޗަށްވެސް މިއީ ބޮޑު ހުތުރެކެވެ. މީޑީއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަކީ ހަމަ ހަޤީޤަތުގައިވެސް ބޮޑު ތުރާލެއް ފަދަ އެޕްލިކޭޝަނެކެވެ.

“އާނ ފެނޭ… ކޮންމެތާކުންވެސް ބަލައިލެވޭނެ” އޭ ބުނެ ކިތައްމެ އިޝްތިހާރެއް ކުރިޔަސް ނުފެންނަ އެއްޗެއް ފެންނަކަމަށް ވާނެހެއްޔެވެ؟

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު
Afoo5 އަހަރު ކުރިން

Medianet ge dhashuvefa netheema dho muniavas ah thi article liyan kerunee? Raajjeyge bodethi media thakuge angamatheega media net in tape alhaafa 😂

Marry5 އަހަރު ކުރިން

Thi echcheh beynunkuran ulhegen maves rulhigadhavee

Aly5 އަހަރު ކުރިން

Laari kaanvegen media net in hadhaafa in ap hama sumeh

Gumree5 އަހަރު ކުރިން

Thee varah rangalhu vaahaka thakeh. Multi sumehge ap eh thee. Anekkaa ehaa agubodu. Baiskoafu hama emme bestee

ޑާކު ބިއުޓީ5 އަހަރު ކުރިން

thi Ehchehi Baiskoafu ah laafa huri nama Haadha ragalhu veehey aharun kahala kithamme baeh thibunaa media app beynun ves nukurevey kithamme balan beynun viyas .. Baiskoafu aa faseyha gothakah belen hunna nama

Home
Menu
Search
Back to top