ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޢީދު އައީ ހިނިތުންވަމުން” – ހަންނާނުގެ ޢީދު ހަދިޔާ ތަފާތު!

ބޮލުގެ އިސްތަށިގަނޑު ހުރީ ހުދުވެފައެވެ. ތުނބުޅިއެއްކޮށް ނުރަވެފައެވެ. ނަމަވެސް، އަދިވެސް ހަމަ އެ ޒުވާންކަމެވެ. ވަކިން ޚާއްޞަކޮށް، އެ އަޑުގައި އަދިވެސް ހަމަ އެ ޒުވާން ކަމާއި ހިތްގައިމުކަމެވެ. ހުށައެޅުމުގެ އެ ޚާއްޞަ ގޮތާއި ހުނަރުވެރިކަމެވެ. ދިވެހީންނާއި ކިތަންމެ ދުރުގައި ހުއްޓަސް، މިއަދުވެސް ޢަބްދުލް ހަންނާނު މުސާދީދީ ހުރީ ދިވެހިންނާ އެކީގައެވެ. ދިވެހިންނަށް ޢީދުގެ ތަހުނިޔާއާއި މުބާރިކްބާދު ކިޔަމުން އަންނަނީ ‘ހިނިތުންވަމުން’ނެވެ. ދިވެހީންގެ ހިތާއި، ލެޔާއި ގުޅިފައިވާ އެންމެ މަޝްހޫރު ޢީދު ލަވަ ކަމަށްވާ “ޢީދު އައީ ހިނިތުންވަމުން” އާއި އެކުގައެވެ.

ދިވެހި މިއުޒިކީ ޖައްވުގައި އެންމެ އަލިގަދަކޮށް އަދިވެސް ފިޔަޖަހަމުން އަންނަ އެންމެ ހުނަރުވެރި މިއުޒީޝަން ޢަބްދުލް ހަންނާނު މޫސާދީދީ، އަވަށްޓެރި ސްރީލަންކާގައި ހުރެ އިއްޔެގެ ވަގުތެއްގައި މިވަނީ އެންމެ ހިތްގައިމު ޢީދު ލަވަ “ޢީދު އައީ ހިނިތުންވަމުން” ދިވެހީންނަށް ހަދިޔާކޮށްފައެވެ. ހަންނާނުގެ ފޭސްބްކް މެދުވެރިކޮށް އޭނާގެ ފޭނުންނަށް، ދިވެހީންނަށް މި ލަވަ ހަދިޔާކުރަމުން ޢީދުގެ ތަހުނިޔާ ކިޔާފައިވަނީ އަމިއްލައަށް މިއުޒިކް ކުޅެމުންނެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/a.hannan.md/videos/1622428714624024/” poster=”http://www.muniavas.com/wp-content/uploads/2019/11/Hannan.jpg”]

އީދުގެ އުފާވެރިކަން ދިވެހިންނަށް އެންމެ ބޮޑަށް އިހްސާސް ކޮށްދޭ “އީދު އައީ ހިނިތުންވަމުން، މާމަލުގައި ނަލަ ކުލަ ޖައްސަމުން….” މި ލަވައިގެ ޅެމުގެ ޅެންވެރިއަކީ ޢަބްދުﷲ ޞާދިޤް (ސޯދުބެގެ) އެވެ. މީގެ އަހަރުތަކެއް ކުރީން މި ލަވަ ކިޔާފައިވަނީވެސް މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްހަންނާނު އެވެ. ޓީވީންނާއި ރޭޑިއޯއިން އީދު ދުވަހު ފޮނުވާ އެންމެ އާންމު ލަވަ މިއަދު ވެސް މިވަނީ ހަންނާނުގެ އަޑުން އިއްވާލާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top