ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިމްލީ އާއި އާދީގެ ގުޅުން، މާލިނީގެ ކުރިމައްޗަށް!

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސީރީޒްތަކުގެ ތެރެއިން ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ “އިމްލީ” ގައި ހިފަހައްޓާފައިވާ އެންމެ ބޮޑު އެއް ސިއްރުކަމަށްވާ އިމްލީ އާއި އަދްތިޔާގެ ކައިވެނީގެ ހަޤީޤަތް މާލިނީގެ ކުރިމައްޗަށް އަދްތިޔާ ބަންޑުންކޮށްލައިފިއެވެ.

މި ސީރީޒްގައި ގިނަ ޓްވިސްޓްތަކެއް އައިސްފައިވާއިރު، މާލިނީ އާއި އަދްތިޔާގެ ގުޅުން ގޯސްވެފައިވުމުގެ އިތުރުން، އިމްލީގެ ދިރިއުޅުން މާލިނީގެ ގެއަށް ބަދަލުކުރިތާ އަދި ވީ ދުވަސްކޮޅެކެވެ.

މާލިނީއަށް އަދްތިޔާ އާއި އިމްލީގެ ގުޅުމުގެ ވާހަކަތައް ކިޔައިދިނުމަށް އަދްތިޔާ ކިތަންމެ ބޭނުންވިޔަސް، އެކަން ނުކުރެވި އޮތުމަށްފަހު، މިއަދު ދެއްކި އެޕިސޯޑްގައި ހުރިހައި ހަޤީޤަތްތަކެއް މާލިނީގެ ކުރިމައްޗަށް އާދީ ވަނީ ބަންޑުންކޮށްލާފައެވެ. އަނެއްކޮޅުން އާދީ އާއި މާލިނީގެ ހަޔާތުން ދުރަށް ދިއުމަށާއި އިމްލީގެ ބައްޕައަކީ ކާކުކަން އޮޅުންފިލުވުމަށް އޭނާގެ އަވަށަށް ދިއުމަށް އިމްލީ ބަސް ހުއްޓިއަށް ގޮސް ހުރެއެވެ. ނަމަވެސް އޭނާ ދިއުމަށް އޮތް ބަސް އައިސް މަޑުކޮށްލާއިރު ބަހުން ފައިބަނީ އިމްލީގެ މަންމަ، މީޓީ އާއި އިމްލީގެ ދައްދާ ސައްތިޔަކާމް އެވެ. އިމްލީގެ ބައްޕައަކީ ކާކުތޯ މިއަދުގެ އެޕިސޯޑުން އިމްލީގެ މަންމަކުރެން އިމްލީ ސުވާލުކުރެއެވެ.

ކުރިއަށް އޮތް އެޕިސޯޑަކީ ވަރުގަދަ އެޕިސޯޑަކަށް ވާނެކަމަށް ބެލެވެއެވެ. އެގޮތުން ސައްތިޔަކާމްގެ ގްރޫޕުން އަދްތިޔާއަށް ހަމަލާދެއެވެ. ސައްތިޔަކާމްގެ ގަން ޕޮއިންޓަށް އާދީ ގެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top