ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަލިކުން “ލޯބި ބައްޕަ” – ސަޅި ލަވައެއް!

މަލިކުގެ އާދަކާދަޔާ ސަޤާފަތަކީ ދިވެހީންގެ ސަގާފަތެވެ. މަލިކުގައި ވާހަކަދައްކައި އުޅެނީވެސް ދިވެހިބަަހުންނެވެ. މަލިކުގައި އުޅެނީ ދިވެހީންކަމުގެ އިހުސާސް، މަލިކު މީހަކާ ދިމާވުމުން ކޮންމެ ދިވެއްސަކަށް ކުރެވޭނެއެވެ. މަލިކުގެ ލަވައެއް އަޑުއަހައިލުމުންވެސް ދިވެހި ލަވައެއް އަހައިލުމުން އެ ލިބޭ ހުރިހައި ހިތްހަމަޖެހުމެއް ދިވެހީންނަށްވެސް ލިބެއެވެ.

މަލިކުގެ ލަވަކިޔުންތެރިންގެ ތެރެއިން ނާސިރު އިބްރާހިމް އަކީ ދިވެހީން ދަންނަ ނަމެކެވެ. ނާސިރު އިބްރާހިމް އާއި މަލިކުގެ ތުއްތު ކުއްޖެއް ކަަމަށްވާ ޝަހާނާ ޑީއެފް ކިޔާފައިވާ “ލޯބި ބައްޕަ” ލަވައަކީ އަޑުއަހައިލަން އަދި ބަލައިލަންވެސް ވަރަށް ހިތްގައިމު ލަވައެކެވެ.

މަލިކުގެ ‘އާރްބީއައި ސްޓޫޑިއޯ’ އިން އުފައްދައި އާއްމުކޮށްފައިވާ “ލޯބި ބައްޕަ” ލަވައިގެ ވީޑިއޯއިން ފެންނަނީ ޝަހާނާ ޑީއެފްގެ އިތުރުން އިސްމާޢީލް އާރްބީއައި އެވެ. މި ލަވައިގެ އޮރިޖިނަލް ލަވައަކީ މަލަޔާޅަމް ލަވައެއް ކަމަށްވާ ކަލްޔާނަ ޕަންްތަލިލްް Kalyana Panthalil އެވެ. އޮރިޖިނަލް ލަވައިގެ ވީޑިއޯ އާއި މަލިކު ލަވައިގެ ވީޑިއޯގެ ޑައިރެކްޝަން ވަރަށް އެއްގޮތްކަން ފާހަގަކޮށްލެވެއެވެ.

މި ދުވަސްވަރަކީ މަލިކުގެ ވާހަކަަތައް ދިވެހީންގެ ދޫތަކުން ދެއްކުން އިތުރުވެފައިވާ ދުވަސްވަރެކެވެ. މަލިކު ސަލާމަތްކުރޭ ނުވަތަ ސޭވް ލަކްޝްވަދީބްގެ ނަމުގައި ގިނަގުނަ ޕޯސްޓްތަކެއް މީސްމީޑިއާގެ މަންސަތަކުން މި ދުވަސްވަރު ފެންނަމުންދެއެވެ.

މަލިކު ލަވަ: “ލޯބި ބައްޕަ”

މަލަޔާޅަމް ލަވަ: “ކަލްޔާނަ ޕަންްތަލިލްް”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top