މިދިޔަ އޭޕްރީލް މަހު ފޭސްބްކް އިން ބުނެފަައިވަނީ ކުރިއަށް އޮތް މަސްތަކުގައި، އޯޑިއޯގެ ގިނަ ފީޗާތަކެއް ފޭސްބްކްގައި ހިމަނާނެ ކަމަށް!

ފޭސްބްްކަށް ހިމަނާ އޯޑިއޯޯ ފީޗާތަކުގެ ތެރޭގައި މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފަައިވާ ކްލަބްހައުސްގެ ފީޗާތައް ހިމެނޭ ‘ލަައިވް އޯޑިއޯ ރޫމްސް’ ފޭސްބްކް ގައި ހިމެނުނަށް ނިންމައި މަސައްކަތް ފަށާފައިވެއެވެ. އޭރުން، ކްލަބްހައުސް އެކޭ އެއްގޮތަށް ވަގުތުން ކުރިއަށްދާ އޯޑިއޯ ޗެޓްތައް އަޑުއަހައިލާ ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ހަމައެކަނި އޯޑިއޯ ހިމެނޭ “ކްލަަބްހައުސް’ މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާސްކަމުގައި އެންމެން ތިއްބާ އަނގަތަޅައިލަން ހޮޅުއަށިތަކެއް ހުޅުވައިދިނުމުގެ ސަބަބުން ވަރަށް ބޮޑު މަޝްހޫރު ކަމަކާއި މަޤްބޫލުކަމެއް ހޯދާފައެވެ.

ފޭސްބްކްްގައި މިހާރުވެސް ހިމަނާފައިވާ ‘ސައުންޑްބައިޓްސް’ގައި ކުރު އޯޑިއޯ ކްލިޕްތައް ހިއްސާކުރެވެއެވެ.

ފޭސްބްކްގައި ހިމަނާ ‘ކްލަބްހައުސް’ގެ ނަކަލު އެންމެ ފުރަތަމަ ތަޢާރަފުކުރަން ހަމަޖެހިފައިވަނީ ފޭސްބްްކް ކްރިއޭޓަރސްގެ ތެރެއިން މަދު ބައެއްގެ މެދުގައި ކަމަށް ރިޕޯޓްތަައް ބުނެއެވެ.

ފޭސްބްކްގައި ތަޢާރަފުކުރާ ‘ލައިވް އޯޑިއޯ ރޫމްސް’ ބޭނުންކޮށްގެން މާލީ މަންފާއެއް ލިބޭނެގޮތް ހަދައިދޭނެކަން ނުވަތަ ނޫންކަންް އަދި ސާފުވެފައެއް ނުވެއެވެ. ނުވަތަ މި ފީޗާ ދޭނީ ވަރަށް ގިނަ އަދަދެއްގެ ފޮލޯވަރުން ތިބޭ ޔޫސަރޒް އަށް އެކަނި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ސާފެއްނުވއެވެ.

އެކިއެކި މަޝްހޫރު އެޕްލިކޭޝަންތަކުގައި ހުންނަ ބޭނުންތެރި ފީޗާތައް، ފޭސްބްކަށް އިތުރުކުރަމުން އައުން މިއީ އާއައްމުކަަމެކެވެ. އެގޮތުން ޓިކްޓޮކްގެ ބައެއް ފީޗާތައް، ފޭސްބްކް އިން ހިންގާ އިންސްޓަގްރާމަށް ދާދިފަހުން އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.