ދެވަނަ ސީޒަންގެ ’ވޮއިސް އޮފް މޯލްޑިވްސް‘ އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓް ޙަސަން ޠަލާޤް ގެ ލައިވް މިއުޒިކު މިރޭ ޕިޒްކާ ރެސްޓޯރެންޓްގައި އޮންނާނެ ކަމަށް އެ ރެސްޓޯރެންޓުން ހާމަކޮށްފި އެވެ.
ޕިޒްކާ އިން ޢަބްދުﷲ ނާފިޒް ބުނީ މިރޭ ބާއްވާ އިވެންޓަކީ އާ އަހަރު ފާހަގަ ކުރުމަށް މިމަހުގެ 01 ން 10 އަށް ހިންގި ޑިސްކައުންޓް ޕްރޮމޯޝަން ނިންމުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ.
ލ. އަތޮޅުގެ ނިސްބަތުން އެންމެ ކުރީ ސަފުގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ރެސްޓޯރެންޓް ޕިޒްކާ އިން އެކިއެކި މުނާސަބާ ތަކާއި ގުޅުވައިގެން ޕްރޮމޯޝަން ތަކާއި ތަފާތު ހަރަކާތްތައް ހިންގަމުންދެ އެވެ.
’ސަޕްރައިޒް ޔޯ ޓޭސްޓް ބަޑްސް‘ މި ސްލޮގަންގެ ދަށުން ހިންގާ ޕިޒްކާއިން ވަރަށް ގިނަ ބާވަތްތަކުގެ ޒަމާނީ ޑިޝްތައް ރަހަމީރުކޮށް ތައްޔާރުކޮށް ޚިދުމަތްދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ޕިޒްކާ ރެސްޓޯރެންޓް
ޕިޒްކާ އަކީ ޒަމާނީ ފެންވަރަށް ރެސްޓޯރެންޓް ގެ ޚިދުމަތް ދިނުމަށް ލ. ފޮނަދޫގައި 2014 އަހަރު ހުޅުވާފައިވާ ރެސްޓޯރެންޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




