ރާއްޖޭގެ ޕްރޮޑަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޝަން ހައުސް ‘މީ ޕްރޮޑަކްޝަން’ އިން “ސިއްރު”ގެ ނަމުގައި ވެބް ސީރީޒެއްގެ ޝޫޓިން ފަށައިފިއެވެ. “ސިއްރު”ގެ ޝޫޓިން ފަށާފައި މިވަނީ ހުރިހައިކަމެއް ސިއްރުކޮށްގެން ކަން ފާހަގަކޮށްލެވެއެވެ.

ހުރިހައި ކަމެއް ސިއްރުކޮށްގެން ޝޫޓިން ކުރިއަށް ގެންދާ “ސިއްރު”ގެ ޕޯސްޓަރެއް މީ ޕްރޮޑަކްޝަން އިން އާއްމުކޮށްފައިވާއިރު، ފިލްމާ ގުޅުން ހުރި އެއްވެސް ތަފުސީލެއް އެ ޕޯސްޓަރުގައިވެސް ހާމަކޮށްފައެއް ނުވެއެވެ.

މީ ޕްރޮޑަކްޝަން އިން ބުނީ މިއީ ބޮޑު ޓީމަކާއިއެކުގައި އެ ޕްރޮޑަކްޝަނުން ކުރާ ފުރަތަމަ މަސައްކަތްކަން ފާހަގަކޮށްލަން ބޭނުންވާ ކަމަށެވެ. މި މަޢުލޫމާތާއި ފިލްމުގެ ޕޯސްޓަރު ހިއްސާކުރުން ފިޔަވައި ވެބް ސީރީޒް “ސިއްރު”ގެ އިތުރު މަޢުލޫމާތުތައް އެ ޕްރޮޑަކްޝަނުން މިވަގުތު ވަނީ ސިއްރުކޮށްފައެވެ.

މީ ޕްރޮޑަކްޝަން އިން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމަކީ “ކާކު” އެވެ. މިއީ ބިރުވެރި ހާދިސާތަކެއް ދައްކައިދޭ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރީ 24 ސެޕްޓެމްބަރު 2019 ގައެވެ. އެކްޓަރ، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ފިލްމު ޕްރޮޑަކްޝަން ހައުސް އިން ވެބް ސީރީޒް ”އަހަރެންވެސް ލޯބިވޭ 02″ގެ ޝޫޓިން ވެސް މިދިއަ އަހަރު ނިންމައިލިކަން ހާމަކޮށްފައިވެއެވެ.

‘މީ ޕްރޮޑަކްޝަން’ގެ ހުރިހައި އުފެއްދުންތަކެއްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.