ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކްރެއިންގެ “ގުޅުން” މީޑިއާނެޓަށް!

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެންތޮލޮޖީ ސީރީޒް ފިލްމު ”ގުޅުން” މިމަހުގެ 30ގައި މީޑިއާނެޓް މަލްޓި ސްކްރީންގައި ދެކުމަށް ހަމަޖައްސައިފި އެވެ.

ޢާއިޝަތު ފުއާދު ތައުފީގު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ “ގުޅުން” މިއީ ވިއްސަކަށް މިނެޓްގެ ކުރު ފިލްމެކެވެ.

“ގުޅުން”ގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ކޮންޓިނުއަސްކޮށް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް ކަމަށާއި މި ފިލްމަކީ ރިލޭޝަންޝިޕްގެ މައްޗަށް އަލިއަޅުވާލާ ފިލްމެއް ކަމަށެވެ. މިއީ މިގޮތަށް ރާއްޖޭގައި ޝޫޓްކުރި ފުރަތަމަ ފިލްމުކަމަށްވެސް ޑާކްރެއިން އިން ބުނެއެވެ.

[aiovg_video mp4=”https://www.facebook.com/watch/darkrainentertainment/” poster=”http://www.muniavas.com/wp-content/uploads/2021/01/FB_IMG_1610993862997.jpg”]

ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހަދަނީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހަދަނީ ޢަލީ ޝިފާއު (ޗިއްޕެ) އެވެ.

މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ހަސަން އާދަމް އެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒް، ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ކުރިއަރަމުން އަންނަ އެކްޓްރެސް އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ އެވެ.

މި ފިލްމުގައި ޚާއްޞަ ފެނިލުމަކުން ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު ގެ އިތުރުން އިސްމާޢީލް ޖުމައިހް ވެސް ފެނިގެންދާނެއެވެ.

އެންތޮލޮޖީ ސީރީޒްގެ އައު ފިލްމެއްގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާކަން މީގެ ތިން މަސް ކުރިން ޑާކް ރެއިން ހާމަކޮށްފައިވެއެވެ. އެއީ ’އިބްތިޒާޒް“ގެ ނަމުގައި ޢަލީ ޝިފާޢު ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެކެވެ.

އެންތޮލޮޖީ ސީރީޒަކީ އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން، އެކްޓަރުން މަސައްކަތްކުރާނެ ސީރީޒެއްކަމަށް ޑާކް ރެއިން އިން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top