’ކަޒްމިކް އިންޓަނޭޝަނަލް‘ އާއި ’އައި ފިލްމްސް’ އިން އުފެއްދި ކުރު ފިލްމު ”މަޒްލޫމް“ގެ ފުރަތަމަ ޗެޕްޓަރ ރިލީޒްކޮށްފިއެވެ. ބައިސްކޯފުން މި ފިލްމު ރިލީޒްކުރީ މިރޭ 09:30ގައެވެ.
’ކަޒްމިކް އިންޓަނޭޝަނަލް‘ އާއި ’އައި ފިލްމްސް’ގެ ފުރަތަމަ އެންތޮލޮޖީ ސީރީޒެއްގެ ގޮތުގައި ނެރެން ފެށި ކުރު ފިލްމު ”މަޒްލޫމް“ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ.
ރާއްޖޭގެ އޮންލައިން އަކަށް އިއްލެ ބުނީ ”މަޒްލޫމް“ އަކީ ބެލުންތެރިން ޖަޒުބާތުގައި ޖެހިގެންދާނެ ފަދަ ކުރު، އެކަމަކު ރީތި މަސައްކަތަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެން ކަމުން ފޭނުންގެ ފަރާތުން ރަނގަޅު ރެސްޕޮންސެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ބުންނެވެ.
Check out the Trailer for the first episode of our Anthology series – MAZLOOM
Coming to @baiskoafu on 26th July 2021 pic.twitter.com/AtpCokSnd8— Ifilms (@ifilmsMv) July 24, 2021
”މަޒްލޫމް“ގެ ކާސްޓުގައި ހިމެނެނީ ’އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު ”ބަވަތި“ އިން ހުނަރުވެރި އެކްޓިން އެއް ދެއްކި އެ ފިލްމުގެ ލީޑް ނުޒުހަތު ޝުޢައިބް އާއި އިފްނާޒްގެ އިތުރުން ’އައި ފިލްމްސް’ގެ ދެވަނަ ފިލްމު ”ނީނާ”ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ވެބް ސީރީޒް ”އެހެނަސް“ އިން ތަޢާރަފްވި އަޙްމަދު ޝާރިފް އެވެ.
ކުރު ފިލްމު ”މަޒްލޫމް“ގެ މަސައްކަތަކުގެ ފަހަތުގައި ތިބީ ފިލްމު ”ބަވަތި“ އާއި ”ނީނާ”ގެ ފުރިހަމަ މަސައްކަތްތައް ކުރި ހުނަރުވެރި ޓީމެވެ. މި ދެ ފިލްމުގެވެސް ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރީ އިއްލެއެވެ.
ހުރިހާ މަސައްކަތެއް ކޮށް ނިންމާލާފައިވާ ފިލްމު ”ނީނާ” ޕްރިމިއާކުރަން ނިންމާފައިވަނީ އޮލިމްޕަސް ހުޅުވައި، އާއްމު ހާލަތަކަށް އައުމުން ކަމަށް އައި ފިލްމްސް އިން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




