“ޑެކްސްޓަރ” ސީރީޒް ބެލި ފޭނުން އިންތިޒާރުކުރަމުން އައި ވަގުތު މިއޮތީ ޖެހިފައެވެ. ދިގު އިންތިޒާރަކަށް ފަހު، މި ޒީރީޒްގެ 09 ވަނަ ސީޒަން މި އަހަރު ފަހުކޮޅު ނެރޭނެކަން މިހާރު މިއޮތީ ޔަޤީންވެފައެވެ.

ހަތް އަހަރު ވާންދެން ދެއްކި ކްރައިމް ތުރިލާ ޑެކްސްޓަރ ނިންމައިލީ 08 ވަނަ ސީޒަން އާއެކު 2013 ވަނަ އަހަރު އެވެ. ސީރީއަލް ކިލަރ ޑެކްސްޓަރ މޯގަން އަކީ ކުށްވެރިންގެ ތެރެއިން ހުކުމެއް ތަންފީޒުނުވެ މުޖުތަމައަށް ދޫކޮށްލެވިފައި ތިބޭ ކުށްވެރިން މަރަމުން އަންނަ މީހެކެވެ. އޭނާ މަސައްކަތްކުރަނީ ފުލުހުންގެ ފޮރެންސިކް އެކްސްޕަރޓެއްގެ ގޮތުގައެވެ. ‘ޝޯވްޓައިމް’ އިން ދައްކަމުން އަންނަ މި ސިރީޒްގެ ނުވަވަނަ ސީޒަން އެއް ނެރޭކަން އިޢުލާނުކުރީ 2020 ވަނަ އަހަރުއެވެ.

މި ސރީޒްގެ 08ސީޒަން ދެއްކީ 2006ން 2013 އަށެވެ. އެގޮތުން ޖުމްލަ 96 އެޕިސޯޑް ދައްކާފައިވެއެވެ.

ޑެކްސްޓަރ ރިލީޒްކުރާނީ ކޮން ތާރީޚަކު؟

މި ސީރީޒްގެ ސީޒަން 09 ދައްކަން ފަށާނީ 07 ނޮވެމްބަރު 2021ވާ އާދީއްތަ ދުވަހުއެވެ.

މި ސީޒަންގައި 10 އެޕިސޯޑް ހިމެނޭއިރު، އޭގެ ތެރެއިން ހަ އެޕިސޯޑް ޑައިރެކްޓްކުރާނީ މާރކޯސް ސީގާ އެވެ. އޭނާ އަކީ މި ސީރީޒްގެ ކުރީގެ އެޕިސޯޑްތަކުވެސް ޑައިރެކްޓަރެވެ.

ޓްރެއިލަރ

ސީޒަން 09ގެ ތަރިން

ޑެކްސްޓަރގެ ރޯލުން މިފަހަަރުވެސް ފެންނާނީ މައިކަލް ސީ ހޯލް އެވެ. ޑެކްސްޓަރގެ ކޮއްކޮ ޑެބްރާ މޯރގަންގެ ރޯލުން މިފަހަރުވެސް ފެންނާނީ ޖެނިފަރ ކާރޕެންޓަރ އެވެ. ސީޒަން 08 ނިމެން އުޅެނިކޮށް ޑެބްރާ މަރުވި ނަމަވެސް އޭނާ އަލުން އެނބުރި އަންނާނެކަން މިވަނީ ޔަގީންވެފައެވެ.

މިފަހަރުގެ ކާސްޓުގައި ގިނަ އާ މޫނުތަކެއް ފެނިގެންދާނެއެވެ. އެގޮތުން ކްލޭންސީ ބްރައުން ކުޅޭނީ ނުބައިބައި ބޮސް، ކާރޓް ކާޓްވެލްގެ ރޯލެވެ. އަޔަން ލޭކްގެ ފުުލުހުންގެ އިސްވެރިޔާ، އެންޖެލާގެ ރޯލުން ފެންނާނީ ޖޫލިއާ ޖޯންސް އެވެ. އޭނާގެ ދަރިފުޅުގެ ރޯލު ކުޅޭނީ ޖޯނީ ސެކޫޔާ އެވެ.

އަލަށް ފެނިގެންދާ ފުލުހެއް ކަމަށްވާ ޓެޑީގެ ރޯލު ކުޅޭނީ ޑޭވިޑް މެޖިޑޮފް އެވެ. އިތުރަށް ފެނިގެންދާނެ ތަރިންގެ ތެރޭގައި އޮސްކާ ވޮލްބާގް، އެލާނޯ މިލަރ، ޖެކް އަލްކޮޓް އަދި ޖޭމީ ޗަންގް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.