ރާއްޖޭގެ އެންމެ ހުނަރުވެރި ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ލިޔުނު “ތަމަންނާ” ވާހަކައަށް ފިލްމެއް ހެދުމުގެ މަސައްކަތް ފަށަން ވިސްނަމުން އަންނަ ކަމަށް، ކުރީގެ މަޝްހޫރު ޕްރޮޑިއުސަރ އަސްލަމް ރަޝީދު ބުނެފިއެވެ.
ގާތްގަނޑަކަށް ދެހާހުގެ އަހަރުތަކާ ހަމައަށް ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވި އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ‘ސްލޭމް ސްޓޫޑިއޯ’ގައި މަސައްކަތްކުރި ފަރާތްތަކާއެކު އަދިވެސް ރަނގަޅު ފެންވަރުގެ މަސައްކަތެއް ކުރަން ވިސްނާކަމަށް އަސްލަމް ބުނީ މުނިއަވަސް އިން ކޮންމެ ރެއަކު 10:00ގައި ކްލަބްހައުސް މެދުވެރިކޮށް ގެނެސްދެމުން އަންނަ ‘މުނިއަވަސް ޚަބަރު / ކޯދު: އިން-ޑެޕްތު ނިއުސް ޓޯކް ޝޯވ’ގައެވެ.
ފިލްމު “ފަތިސްހަނދުވަރުގެ2” ހެދުމަށް އަސްލަމްގެ ވިސްނުން އެބަހުރިތޯ އަސްލަމް އާ މުނިއަވަސް އިން އަހައިލުމުން އެއަށް ވަރަށް ފުރިހަމަ ޖަވާބެއް ދެމުން ބިންމާ އިބްރާހީމް ވަހީދު ލިޔެފައިވާ ވާހަކަ “ތަމަންނާ” އަށް ފިލްމެއް ހެދުމުގެ މަސައްކަތް ކުރަން ބޭނުންކަން ފުރަތަމަ ފަހަރަށް ވަނީ ހާމަކޮށްފައެވެ.
އިތުރު ތަފުޞީލް، ތިރީގައިވާ ވީޑިއޯއިން އަޑުއައްސަވައިލެއްވޭނެއެވެ.
https://www.youtube.com/watch?v=nywQ9c9dnl8&feature=youtu.be
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!