ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިސްކޯފުން “ކާސްޓިން ކޯލް” އެއް!

ރާއްޖޭގެ އެންމެ ވަރުގަދަ އޮންލައިން ވީޑިއޯ ސްޓްރީމިންގ ޕްލެޓްފޯމް ބައިސްކޯފުގެ ކުރިއަށް އޮތް ޕްރޮޖެކްޓަކަށް ކާސްޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޑައިރެކްޓް މެސެޖެއް ފޮނުވައިލުމަށް ބައިސްކޯފުގެ މީސްމީޑިއާ މަންސަތަކުގައި އާއްމުކޮށްފައިވާ ކާސްޓިން ކޯލް އިޝްތިހާރުގައި ބުނެފައިވެއެވެ.

މިއީ ހަމަ ގައިމުވެސް ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް ގަސްދުކުރާ ފަރާތްތަކަށް ލިބިގެންދާނެ ފަހި ފުރުޞަތެއްކަން ފާހަގަކޮށްލެވޭ ކަމެކެވެ.

ބައިސްކޯފުން އުފެއްދި ގިނަ ޕްރޮޖެކްޓްތަކެއްގައި ފިލްމީ ދާއިރާއަށް އަލަށް ވަންނަން ބޭނުންވި ގިނަ ފަރާތްތަކަށް ފުރުޞަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައިސްކޯފުގައި ދެއްކި ވެބް ސީރީޒް” އެހެނަސް” އިން ގިނަ އައު ތަރިންތަކެއް ފެނިގެންގޮސްފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top