ހުނަރުވެރި އެކްޓަރ އާސިމް ލިޔެ ޑައިރެކްޓްކުރާ އެންތޮލޮޖީ ވެބް ސީރީޒް “ވިހާލި”ގެ ފުރަތަމަ ސީޒަންއަށް ކާސްޓުން ނެގުމަށް ލައިވް ކޮށް ‘ކާސްޓިންގ ކޯލް ޝޯވ’ އެއް ބާއްވަން ހަމަޖެހިއްޖެއެވެ. މި ޝޯވ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މުނިއަވަސް އިން ކޮންމެ ރެއަކު 22:00 ން 01:00 އަށް ކުރިއަށްގެންދާ ‘މުނިއަވަސް ޚަބަރު / ކޯދު: އިންް-ޑެޕްޓް ނިއުސް ޓޯކް”ގެ ޚާއްޞަ ސެގްމެންޓެއްގެ ގޮތުގައި މިމަހުގެ 04 ވަނަ ދުވަހުގެ ރޭގައެވެ.

“ވިހާލި” އަށް ވަރަށް ގިނަ ކާސްޓުން ބޭނުންވާ ކަމަށް ބުނެ ލައިވްކޮށް ކާސްޓިންގ ކޯލް ޝޯވއެއް ބާއްވަން ބޭނުންވާ ކަމަށް ޝަޒްލީމް ބުނީ މުނިއަވަސްއިން ކޮންމެ ރެއަކު ކްލަބްހައުސް މެދުވެރިކޮށް ގެނެސްދެމުން އަންނަ ‘މުނިއަވަސް ޚަބަރު / ކޯދު: އިން ޑެޕްތު ނިއުސް ޓޯކް ޝޯވ’ ގައެވެ. މީގެ އިތުރުން، ސީރީޒްގެ ޝޫޓިންގތައް ކާސްޓުން ލިބުނުހާ އަވަހަކަށް ފެށިގެންދާނެކަމަށް ވެސް ޝަޒްލީމް ބުނެފައިވެއެވެ.

ސީޒަން ތަކަކަށް ބެހިގެންދާ މި ސީރީޒަކީ އެންތޮލޮޖީ/ކްރައިމް ސީރީޒެއް ކަމަށް ޝަޒްލީމް ބުންޏެވެ. “ވިހާލި: ސީޒަން 01” ގައި 06 އެޕިސޯޑެއް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ސީޒަން 01ގެ ހުރިހާ ޝޫޓިންގ ތަކެއް ވެސް ނެގުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

ވެބް ސީރީޒް “ވިހާލި”ގެ ކާސްޓިން ކޯލް ޝޯވގެ ލިންކް:-

https://www.clubhouse.com/join/muniavas-news-desk/hx9Q2igH/xLK4E9Vd

މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް ކުރިއަށް ގެންދާ މި ކާސްޓިންގ ކޯލް ޝޯވ ގައި ދިވެހި ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތަކަށް ވެގެންދާނެ ކަން ކަށަވަރެވެ.

“ވިހާލި” އަކީ ޢަލީ ޝަޒްލީމްގެ އައިލެންޑް ޕިކްޓަރޒް އިން ގެނެސްދޭ ސީރީރެކެވެ. އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމީ މަސައްކަތްކަމަށްވާ ވެބް ސީރީޒް “ނަފްްސު” މީޑިއާނެޓްގެ އޯޓީޓީތަކުން ސްޓްރީމްކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.