ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮކޯގެ “ލޯބިވިޔަސް” ސްޓްރީމްކުރަން ފަށައިފި

ހަސަން ހަލީމް (ކޮކޯ)ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ކޮކޯ ސްޓޫޑިއޯ‘ އިން އުފައްދާފައިވާ ޑްރާމާ ސީރީޒް “ލޯބިވިޔަސް” މިމަހު 26 ވަނަ ދުވަހު ބައިސްކޯފުގައި ސްޓްރީމްކުރަން ފަށައިފިއެވެ. މިހާރު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ބައިސްކޯފުން ބަލައިލެވޭނެއެވެ.

ކޮކޯ ސްޓޫޑިއޯގެ ފުރަތަމަ ޑްރާމާ ސީރީޒް “ލޯބިވިޔަސް” އަކީ 08 އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ. ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ ހުނަރުވެރި އެކްޓަރު މުޙައްމަދު ފައިސަލް އެވެ. މިއީ މަރިޔަމް މޫސާ ލިޔެފައިވާ ވާހަކައެެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ. ކެމެރާކުރީ ކޮކޯ ހަސަން އެވެ.

ލޯބިވިޔަސް“ގެ ވަރަށް މުހިންމު ރޯލަކުން ފައިސަލް ފެނިގެންދާއިރު، މި ސީރީޒުން ފެނިގެންދާ މުހިންމު ތަރިންގެ ތެރޭގައި ނާޝިދާ މުޙައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އަޙްމަދު ޢީސާ (އާނަންދު)، މަރްޔަމް މަޖުދާ (މަޖޫ)، އަޙްމަދު އާސިމް ހިމެނެއެވެ.

މީގެ އިތުރުން ސަޕޯޓިން ރޯލުތަކުން ފެނިގެންދާނީ ފާޠިމަތު ފައިނާ، އަޙްމަދު ޝާން، މުޙައްމަދު ރިފްޝާން (ރިއްޕެ)، އާމިނަތު ޝަމްރާ، ޢާއިޝަތު ޝިފާނާ، މުޙައްމަދު ރަޝާދުގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ ޢަބްދުﷲ މާއިޒް އަޙްމަދު އެވެ.

ލޯބިވިޔަސް” ސީރީޒް ޝޫޓް ކޮށްފައި ވަނީ ސިންކު ސައުންޑް ގައެވެ. ސީރީޒްގެ ތީމް ލަވަ ކިޔާދީފައި ވަނީ އަންދަލާ އާއި ސަމާހެވެ.

ލޯބިވިޔަސް” ޑައިރެކްޓް ކޮށްފައިވާ ފައިސަލް ވަނީ ކާމިޔާބު ސީރީޒްތައް ކަމަށްވާ “އުމުރަށް ސަލާމް” އާއި “ހުވާ” ފަދަ ވެބް ސީރީޒްތައް ޑައިރެކްޓް ކޮށްފަ އެވެ. އަދި ބޮޑު މަގުބޫލަކެއް ލިބުނު “ރޫމީ އާއި ޖަންނަތު” ގެ އެސިސްޓެންޑް ޑައިރެކްޓަރަކީ ވެސް ފައިސަލެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top