ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމުތަކުން ފެންނަ ޢަލީ ޝަޒްލީމްގެ އަމިއްލަ ޕްރޮޑަކްޝަން ‘އައިލެންޑް ޕިކްޗަރސް’ އިން އުފައްދާ ދެވަނަ ވެބް ސީރީޒް “ވިހާލި”ގެ ދެވަނަ ކާސްޓިން ކޯލެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ގެނެސްދެމުން އަންނަ ‘މުނިއަވަސް ޚަބަރު / ކޯދު: އިން ޑެޕްތު ނިއުސް ޓޯކް ޝޯވ’ގެ ޚާއްޞަ އެޕިސޯޑެއްގެ ގޮތުގައި “ވިހާލި: ކާސްޓިންގ ކޯލް 2” ގެނެސްދޭނީ މިމަހު 08 ވާ އާދީއްތަ ދުވަހުގެ ރޭ 10:00 ގައެވެ.

މިމަހު 04 ވަނަ ދުވަހުގެ ރޭ ގެނެސްދިން ‘މުނިއަވަސް ޚަބަރު / ކޯދު: އިން ޑެޕްތު ނިއުސް ޓޯކް ޝޯވ‘ގެ 43 ވަނަ އެޕިސޯޑްގައި ވެސް ވަނީ އެންތޮލޮޖީ ވެބް ސީރީޒް “ވިހާލި”ގެ ކާސްޓިން ކޯލެއް ކުރިއަށް ގެންގޮސްފައެވެ. މި ޝޯވގައި 11 ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށް ނަންނޯޓްކޮށްފައިވެއެވެ.

އެންތޮލޮޖީ ވެބް ސީރީޒް “ވިހާލި”ގެ ދެވަނަ ކާސްޓިން ކޯލަކަށް ދިއުމަށް ސީރީޒްގެ ޕްރޮޑިއުސަރ ޢަލީ ޝަޒްލީމް ނިންމީ، މިއީ ބޮޑު ކާސްޓެއް ބޭނުންވާ ސީރީޒަކަށް ވެފައި، ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވެފައި ތިބި ފަރާތްތަކަށް މި ފުރުޞަތު ވީހާވެސް ފަހިކޮށް ހުޅުވައިލުމުގެ ބޭނުމުގައެވެ. އެގޮތުން “ވިހާލި: ކާސްޓިންގ ކޯލް 2” އަށް، ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީއަށް ޚާއްޞަކޮށް ދަޢުވަތުދީގެން އެ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލުމަށް ނިންމާފައިވެއެވެ.

ހުނަރުވެރި އެކްޓަރ އަދި ޕްރޮޑަކްޝަންގެ އެކިއެކި ދާއިރާތަކުގައިވެސް ފަންނުވެރި އަޙްމަދު އާސިމް ލިޔެ ޑައިރެކްޓްކުރާ އެންތޮލޮޖީ ވެބް ސީރީޒް “ވިހާލި” އަކީ ޖުމްލަ 12 އެޕިސޯޑް ހިމެނޭ ސީރީޒެކެވެ.

“މީގަ އެއްވެސް ވާހަކައެއް އަނެއް ވާހަކައަކާ ނުގުޅޭނެ. ހަމަ ކޮންމެ އެޕިސޯޑެއްގަ ކިޔައިދޭނީ ތަފާތު ވާހަކައެއް.” ކްރައިމް ސަސްޕެންސް ތުރިލާ “ވިހާލި”ގެ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން އާސިމް ބުންޏެވެ.

އާސިމް އިތުރަށް ބުނީ މި ސީރީޒްގައި ރާއްޖޭގެ މަޝްހޫރު ބައެއް ތަރިން ހަރަކާތްތެރިވާއިރު، އައު ތަރިންނަށް ފުރުޞަތު ދިނުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާ އެގޮތުން ހުނަރުހުރި ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކޮންމެ އެޕިސޯޑަކުން ތަފާތު ވާހަކައެއް ގެނެސްދޭ ކްރައިމް ތުރިލާ ޖޮންރާގެ މި ސީރީޒަކީ ‘ކްރައިމް ޕެޓްރޯލް’ އަދި ‘ސާވަދާން އިންޑިއާ’ ފަދަ ކޮންސެޕްޓެއްގައި ތައްޔާރުކުރާ ސީރީޒެއް ކަމަށް ޢަލީ ޝަޒްލީމް ބުނެފައިވެއެވެ.

މި ސީރީޒްގައި އެކްޓްކުރުމަށް ހުރިހައި އުމުރުފުރާއެއްގެ ފަރާތްތަކަށާއި ޚާއްޞަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފުރުޞަތު ހުޅުވާލާފައިވެއެވެ. ހަމަ އެހެންމެ މި ސީރީޒަށް އަންހެން ކުދިން ހޮވުމުގައި ބުރުގާ އަޅައިގެން އުޅޭ ކުދިންވެސް ބޭނުންވާ ކަމަށް ތަކުރާރުކޮށް ޝަޒްލީމް ބުނެފައިވެއެވެ.

މިމަހު 08 ވަނަ ދުވަހުގެ ރޭ ބާާއްވާ “ވިހާލި: ކާސްޓިންގ ކޯލް 2” ޝޯވގެ ލިންކަށް ފޮލޯކޮށް ނޮޓިފިކޭޝަން އޮން ކުރުުމަށް ތިރީގައިވާ ލިންކަން ފިއްތާލާށެވެ.

https://www.clubhouse.com/join/muniavas-news-desk/bPalRBmk/MO2QJZzy

“ވިހާލި: ސީޒަން 01” ގައި 06 އެޕިސޯޑެއް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ސީޒަން 01ގެ ހުރިހާ ޝޫޓިންގ ތަކެއް ވެސް ނެގުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.