މިމަހު 19 ގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް އަކްޝޭ ކުމާރުގެ ފިލްމު “ބެލްބޮޓަމް”ގެ ލަވައެއް މިއަދު ބެލުންތެރިންނަށް ދައްކާލައިފިއެވެ.
‘މަރްޖާވާން’ ކިޔާފައިވަނީ ގުރްނަޒަރް ސިންގ އާއި އަސީސް ކޯރު އެވެ.
‘މަރްޖާވާން’ ލަވައިން ފެނިގެންދަނީ އަކްޝޭ އާއި ވާނީ ގެ ރޮމޭންޓިކް މަންޒަރުތަކެކެވެ.
ލަވައިގެ ތަންކޮޅެއް ޝެއާރކޮށް އަކްޝޭގެ އިންސްޓަގްރާމްގައި ބުނެފައިވަނީ މިއީ އޭނާއަށް އެންމެ ކަމުދާ ލަވަ ކަމުގައެވެ. އަދި ލަވައިގެ މަންޒަރުތައް ނެގި ހިސާބުން ފެށިގެން އޭނާގެ ބޮލުގައި އަބަދުހެން ލަވަ އެނބުރޭ ކަމަށް އޭނާ ބުނެފައިވެއެވެ.
View this post on Instagram
ބެލްބޮޓަމް ގެ އިތުރުން އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ‘ބައްޗަން ޕާންޑޭ’ އާއި ‘ސޫރްޔަވަންޝީ’ އަދި ‘ބަންދަން’ ގެ އިތުރުން ‘ބައްޗަން ޕާންޑޭ’ ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
