ބޮލީވުޑް އެކްޓަރު ޓައިގަރ ޝްރޮފްގެ އައު ލަވައެއް އަންނަ އަންގާރަ ދުވަހު ބެލުންތެރިންނަށް ދައްކާލަން ހަމަޖެހިއްޖެއެވެ.
ޓައިގަރ އޭނާގެ އަމިއްލަ އަޑުން ކިޔާފައިވާ މިލަވައިގެ ޓީޒާއެއް އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކުރުމަށްފަހު ބުނެފައިވަނީ މިލަވައަކީ އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ހަދާފައިވާ ލަވައެއް ކަމަށާއި މިލަވަ މިމަހު 10 ވާ އަންގާރަ ދުވަހު ރިލީޒްކުރާނެ ކަމެވެ.
View this post on Instagram
ރެމޯ ޑީސޫޒާ ޑައިރެކްޓްކޮށް ގެނެސްދޭ މިލަވައިގެ މިއުޒިކް މިޝާލް މިޝްރާ ކޮމްޕޯސް ކޮށްފައިވާއިރު ލަވައިގެ ލިރިކްސް ހަދާފައިވަނީ ކޯޝަލް ކިޝޯރް އެވެ. އަދި ލަވައިގެ ކޮރިއޯގްރަފަރުންގެ ތެރޭގައި ‘އަންކަން ސެން’ އާއި ‘ޖޫލީ ވައިދްޔާ’ ގެ އިތުރުން ‘ރާހުލް ޝެޓީ’ ހިމެނެއެވެ. މިލަވައިގައި ޓައިގަރގެ މާޝާލް އާޓްސް ހަރަކާތްތައް ފެނިގެންދާނެ ކަން ޓީޒާ އިން ފާހަގަވެއެވެ.
View this post on Instagram
މީގެ ކުރިން ވެސް ޓައިގަރ ވަނީ އޭނާގެ އަޑުން ލަވައެއް ނެރެފައެވެ. ‘އަންބިލީވެބަލް’ގެ ނަމުގައު ނެރުނު މި ލަވަ އަށް ވަރަށް ބޮޑު ތަރުޙީބެއް ބެލުންތެރިންގެ ފަރާތުން ފެނިގެން ދިޔައެވެ.
