ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެ ކައިވެންޏެއް ކޮށްފި

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ކައިވެނިކޮށްފި އެވެ. ޔޫއްޕެ ކައިވެނިކޮށްފައިވަނީ ރ. ރަސްގަތީމަށް ނިސްބަތްވާ އާޝާ އިޝީ ކިޔާ ކުއްޖަކާ އެވެ.

ޔޫއްޕެ އާއި އިޝީގެ ކައިވެނީގެ ހަފުލާ ބޭއްވީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާލޭގައި ހުންނަ ގޯމޭ ރެސްޓޯރަންޓްގަ އެވެ. މި ހަފްލާގައި ފިލްމީ ދާއިރާގެ ބައެއް ފަންނާނުންނާއި ދެ ފަރާތުގެ އާއިލާ އާއި ބައެއް އެކުވެރިން ބައިވެރިވެފައިވެ އެވެ.

ޔޫއްޕެ ކުރިން ކައިވެނި ކުރި ދެ މީހަކަށް ދެ ކުދިން ލިބިފައިވެ އެވެ. އިޝީ އާއި ޔޫއްޕެގެ ކައިވެނި މިއީ ޔޫއްޕެގެ ފަސްވަން ކައިވެނިކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިއީ މިއީ އިޝީގެ އަލަތު ކައިވެންޏެވެ.

އިޝީ އާއި ޔޫއްޕެ ކައިވެނިކުރިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އިޝީ އަކީ އޭނާގެ އަމިއްލަ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ޔޫއްޕެ އާއި އިޝީ އަށް ކައިވެނީގެ މަރުޙަބާ ކިޔަމެވެ. ދުއާއަކީ ތިޔަ ކައިވެނީގައި ބަރަކާތްލައްވައި ބާއްޖަވެރިކަން ދެއްވުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top